އެންމެ ދިގު ކިރުބުއި ދަތުގެ ދުނިޔޭގެ ރެކޯޑު ކެނެޑާގެ ފިރިހެން ކުއްޖަކު ހޯދައިފިއެވެ.

ޢުމުރުން 9 އަހަރުގެ ލޫކު ބުލްޓަންގެ އަނގައިން ނެނގި އެ ދަތުގެ ދިގުމިނަކީ 2.6 ސެންޓިމީޓަރެވެ. ދުނިޔޭގެ ރެކޯޑު ފޮތުން މިޝަރަފް އޭނާއަށް ލިބުނީ ހަދިޔާއެއްގެ ގޮތުގައެވެ. މި ދަތް ނެގީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އޭރު ލޫކުގެ އުމުރަކީ 8 އަހަރެވެ.

ލޫކު އޭނާގެ ދަތް ނެގުމަށްފަހު ރައްކާކުރިއެވެ. އެއީ ފަހުން މީހުނަށް ދެއްކުމަށްޓަކައެވެ.

މި ރެކޯޑު ކުރިން އޮންނާނީ އުމުރުން 10 އަހަރުގެ ކާރޓިސް ބެޑީ ކިޔާ ކުއްޖެއްގެ އަތުގައެވެ. އެ ދަތުގެ ދިގުމަނަކީ 2.4 ސެންޓިމީޓަރެވެ.

ކެނެޑާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ލޫކުގެ ބައްޕަ ކެރިގް ބުނެފައިވަނީ އެންމެ ފުރަތަމަ އެފަދަ ދިގު ދަތެއް ކުއްޖެއްގެ އަނގައިގައި ހުރުމުން ވެސް ކުއްޖާއަށް އުނދަގޫތަކެއް ތަހަންމަލް ކުރަން ޖެހުނު ކަމަށެވެ.

އެންމެ ފަހުން ޖެހުނީ އެދަތް ނަގާށެވެ. އެދަތް ނެގީ ދިގު އެ ދަތުގެ ބިއްދޮށުން ދަތެއް ފަޅަން ފެށުމުންނެވެ.

ކޮންމެ ގޮތެއް ވިޔަސް ދުނިޔޭގެ ރެކޯޑު ފޮތުން ޖާގައެއް އޭނާއަށް ދަރިފުޅަށް ލިބުމުން އެކަން އޭނާ ބަލައިގަތީ ވަރަށްބޮޑު ކަމެއްގެ ގޮތުގައެވެ. މުޅިދުނިޔެއިން ޚާއްޞަ ނަންތަކެއް ހޮވާލެވޭއިރު ލޫކުގެ ނަން މި ރެކޯޑަށް އެރުމަކީ ވަރަށް ފަޚުރުވެރިވާ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.

ލޫކު ވެސް ހުރީ މިކަމާ ވަރަށް ފަޚުރުވެރިވެފައެވެ. އޭނަޔަށް "ގިނީސް ވޯލްޑް ރެކޯޑް" ފޮތުން ޖާގަ ލިބި މީހުންގެ ސަމާލުކަން ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެކެވެ.