ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އެޅުމަށް ކޮންނަމުން ދަނިކޮށް މިނިކަށިތަކެއް ފެނިއްޖެއެވެ.

މި ކަށިތައް ފެނުމުން ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން އެތަން ސާފުކޮށް މިސްކިތް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

އެބިމުގައި ވަގުތީ މިސްކިތެއް "އިމާރާތްކުރުމަށް ބިން ކޮނުމުގެ މަސައްކަތް ކުރިއަށްދަނިކޮށް، އެބިމުން މިނިކަށިތަކެއްވަނީ ފެނިފައެވެ. އެހެންކަމުން ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް އެތަން ސާފުކޮށް މިސްކިތް އެޅުމުގެ މަސައްކަތް ކުރިއަށްދާކަމުގައި ދަންނަވަމެވެ.،" އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ބިމުގައި ވަގުތީ މިސްކިތެއް އަޅަނީ ރޯދަމަހު އަޅުކަން ކުރުމުގައި މީހުންނަށް ލުއިފަސހަ ކޮށްދެއްވުމަށެވެ.