ފެނަކައިން ތ. ގާދިއްފުށީގައި އަލަށް އިމާރާތްކުރާ އޮފީސް އިމާރާތާއި އެއަތޮޅު މަޑިފުށީގައި އަލަށް އިމާރާތް ކުރާ އިންޖީނުގޭގެ ބިންގައި އަޅައިފިއެވެ.
ގާދިއްފުށީ އޮފީސް އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސައީދާއި ގާދިއްފުށީ ކައުންސިލްގެ ރައީސް ހަސަން ސިނާނާއި ގުރައިދޫ ދާއިރާގެ ރައީސް ރަގީބް އަލީ އެވެ.
މަޑިފުށީގައި އަލަށް އިމާރާތްކުރާ އިންޖީނުގެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ އެމްޑީ ސައީދާއި މަޑިފުށީ ކައުންސިލްގެ ރައީސް އިސްމާއީލް ހިލްމީއާއި ވިލުފުށީ ދާއިރާގެ ރައީސް އިސްމާއިލް ރަޝީދު ގާސިމެވެ.
ފެނަކައިން ގެންދަވަނީ ރަށްރަށުގައި ހުރި ބައުވެފައިވާ އިންޖީނުގެތަކައި އޮފީސްތައް އައުކުރުމުގެ ސިޔާސަތުގެ އެކިރަށްރަށުގައި ހުރި ދުވަސްވީ އެފަދަ ތަންތަން އައުކުރަމުންނެވެ. ފެނަކައިން މަސައްކަތް ކުރައްވަނީ މި އަހަރުގެ ނިޔަލަށް މި މަސައްކަތް ނިންމެވުމަށެވެ.