ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި ފަޅުވެރިއެއްގެ އަތަށް ވަޅިއެއް ހެރިގެން ފަރުވާ ދިނުމަށް ފ. ނިލަންދުއަށް ގެންގޮސްފިއެވެ.

މިހާދިސާ ދިމާވެފައިވަނީ ނިލަންދޫ ހުޅަނގުން 14 ނޯޓިކަލް މޭލު ބޭރުގައި ކަންނެލި މަސްވެރިކަން ކުރަމުންދިޔަ "އުމެރި 1" ނަމަކަށް ކިޔާ ދޯނީގައި ހުރި 44 އަހަރުގެ ދިވެހި ފަޅުވެރިއަކަށެވެ.

މިހާދިސާގެ ރިޕޯޓު މިއަދު މެންދުރުފަހު 2:30 ގައި އެމްއެންޑީއެފް ސެންޓްރަލް އޭރިޔާ ކޯސްޓު ގާޑުގެ ސްކްޑުރަންއަށް ލިބުމުން އެތަނުގެ އެހީތެރިކަމާއެކު ސީ އެމްބިޔުލާންސްގައި އޭނާ ނިލަންދުއަށް ގެންގޮސްފައިވަނީ މިއަދު 4:03 ގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެމީހާގެ އަތަށް ވަޅިހެރެން ދިމާވި ސަބަބާއި ޒަޚަމްވެފައިވަނީ ކިހާވަރަކަށް ކަމެއް އެނގިފައެއް ނުވެއެވެ.