މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ގިނަ ޢަދަދެއްގެ މެމްބަރުން ސަލާމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާއަށް 22 މެމްބަރަކު ސަލާމް ވިދާޅުވެފައިވާކަމަށާއި، މަޖިލީހަށް ވަޑައިގަތީވެސް 22 މެމްބަރުންކަމަށެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ މިއަދުގެ ޖަލްސާއަށް ސަލާމް ވިދާޅުވި 22 މެމްބަރުންގެ ތެރެއިން 20 މެމްބަރުން ވަޑައިގަތީ އެ މެމްބަރުންގެ ދާއިރާއަށްކަމަށެވެ.

މަޖިލީހުގެ މެމްބަރުން ދާއިރާއަށް ކުރައްވާ ދަތުރުތަކަކީ މަޖިލީހުގެ ރަސްމީ ދަތުރުތަކެއްގެ ގޮތުގައި ޢާންމު ކޮމިޓިން ވަނީ ކަނޑައަޅާފައެވެ. މަޖިލީހުގެ ރަސްމީ ދަތުރެއްކަމަށް ކަނޑައަޅަނީ އެ މެމްބަރަކު ލިޔުމުން މަޖިލީހަށް ހުށައެޅުއްވުމުންނެވެ. ނަމަވެސް ގިނަ މެންބަރުން ދާއިރާތަަކަށް ވަޑައިގަތީ އެ ބަދަލު ޢާންމު ކޮމިޓީން ފާސް ނުކުރަނީސްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ރަސްމީ ދަތުރުގެ ގޮތުގައި، އެ އުސޫލުން ވަޑައިގަތީ އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުސައިން (ބިގޭ)އާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.