މާލޭ ޒިކުރާ ޚަބަމިސްކިތް ހުރި ސަރަޙައްދު ކޮންނަމުންދަނިކޮށް ފެނުނު ތަކެއްޗާއި ބިނާތަކުގެ ތެރެއިން ބައެއް ތަކެތި ދެނެގަނެވިއްޖެއެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވެފައިވަނީ ފެނިފައިވާ ތަކެތީގެ ތެރެއިން މިހާތަނަށް ނެގަނެވިފައިވަނީ މައްޗަންގޮޅި ބައުމިސްކިތުގެ ތަރަހަ ކަމަށް ބެލެވޭ ހިރިގަލު ބިނާއެއްގެ ތަރަހައާއި، ހިރިގަލުގެ 8 ކަން ވަޅަކާއި، ދިވެހި އަދި ޢަރަބި ލިޔުމާއި ކުރެހުން ކަނޑާނަގާފައިވާ މަހާނަގަލާއި، ޕޮޓަރީ ޝާޑް ފަދަ އެތިކޮޅުތަކެއް ކަމަށެވެ.

މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ކަށަވަރު ކުރެވެމުންދާ ވަރަކަށް މަޢުލޫމާތު ޙިއްޞާ ކުރަމުންދާނެ ކަމަށް ވެސް އެތަނުން ވަނީ ވިދާޅުވެފައެވެ.

ޒިކުރާ މިސްކިތް ހުރި ބިން ކޮންނަމުންދަނިކޮށް އާސާރީ ބައެއް ތަކެތި ފެނުމުން ސަގާފީ ތަރިކައިގެ ގާނޫނާ އެއްގޮތަށް އެތަނުގެެ މަސައްކަތް ވަނީ ވަަގުތީ ގޮތުން ހުއްޓުވައިފައެވެ. އަދި އެތަކެތި ރައްކާތެރިކުރުމަށް ކަމާއިބެހޭ ފަރާތްތަކާއެކު އަންނަނީ މަސައްކަތް ވެސް ކުރަމުންނެވެ.

ޒިކުރާ މިސްކިތް ހުރި ބިން ކޮނުމުގެ މަސައްކަތް ފެށީ ރޯދައަށް އެތަނުގައި ވަގުތީ މިސްކިތެއް އެޅުމަށެވެ. ފަށާފައި ވަނީ، އެ ބިމުގައި ވަގުތީ މިސްކިތެއް އެޅުމަށެވެ. އެ ބިން ކޮންނަމުން ދަނިކޮށް މިިނިކަށިތަކެއް ވެސް ވަނީ ފެނިފައެވެ.