ޕާކިސްތާން ބޮޑު ވަޒީރު ދެކެވަޑައި ގަންނަވާ ގޮތުގައި އަންހެނުންނާއި ކުޑަ ކުދިންގެ އިއްފަތް ފޭރި ގަނެ އެމީހުން ރޭޕް ކުރުމުގެ އަމަލު ހިނގަނީ، މުޖުތަމައުގައި "ފާޙިޝް އަމަލު" ގިނަ ވުމުގެ ސަބަބުންނެވެ. މިއީ އިހައްދުވަހު ބާއްވާ ފައިވާ ޓެލެތޮންގައި ޕާކިސްތާންގެ ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވި ވާހަކަފުޅެވެ.

ޑޯން ނޫހުގައި ލިޔުންތެރިޔާ ޒާހިދު ޙުސެއިން ސިފަކުރިގޮތުހައި އިމްރާން ޚާނަކީ ފައްކާ ރޯނު އެދުރެކެވެ. ދީނީ އިލްމާއި ހުޅަނގުގެ ސަގާފަތް ދަނެވަޑައިގެން ހުންނެވި ކަމަށް ދައްކަވާ ބޭފުޅެކެވެ. އަދި ބައެއް ފަހަރަށް ވިދާޅުވާ ބަސްފުޅުތަކުން ފައިލަސޫފެއް ހެންވެސް ހީވާ ފަދައެވެ.

އެނގިވަޑައި ނުގަންނަވަނީނަމަ، އިމްރާން ޚާންގެ މިހާރުގެ އަނބިކަނބަލުންނަކީ ފަންޑިތަވެރި އެކެވެ. އަދި އޭނާއަކީ އެމީހުންގެ މައިފުނަ ސަހަރުގެ އެންމެ މަޝްހޫރު، މަގްބޫލު ވަލީވެރިޔާގެ ޒިޔާރަތް ބެލެހެއްޓެވި މުރީދެވެ. މިއީ އެތައް ލައްކަ މީހުން ނަދުރުބުނުމަށް ދާ ޒިޔާރަތެކެވެ.

ޑޯން ނޫހުގެ އެޑިޓޯރިއަލްގައި އިމްރާން ޚާންގެ އިހުސާސް ކުޑަ ވާހަކަފުޅުތައް ކުށްވެރިކުރަމުން ބުނެފައި ވަނީ އިމްރާން ޚާނަށް އަންހެނުންނާއި ކުޑަ ކުދިންނަށް ކުރިމަތިވާ ފުރައްސާރައާއި ޖިންސީ ފުރައްސާރަ ކުރުން އިޙުސާސްވެ ވަޑައި ނުގަންނަވަނީ ކަމަށެވެ.

ޚާން ވިދާޅުވާ ގޮތުގައި، އަންހެނުންނާއި ކުދަ ކުދިންގެ އިއްފަތް ފޭރިގަތުމުގެ އަމަލުތަކަކީ ޕާކިސްތާންގެ ސަގާފަތަށް ހުޅަނގާއި އިންޑިއާގެ ފިލްމުތަކުން ވައްދާފައިވާ ބީރައްޓެހި އާދަކާދަތަކެއް ކަމަށެވެ.

ޒާހިދު ޙުސެއިން ލިޔެފައިވާ ފަދައިން އިމްރާން ޚާން ހީފުޅު ކުރައްވަނީ، އޭނާގެ ޕާކިސްތާން ތަހްރީކޭ އިންސާފް ޕާޓީން ވެރިކަން ކުރުމުން ޕާކިސްތާން ބަދަލުވެގެންދާނީ، ސަލާމާއި ސަލަވާތް ލެއްވި ކިރިތި ރަސޫލާގެ މަދީނގެ ވެރިކަންފަދަ ވެށްޓަކަށެވެ.

މިހިނދު، ޕާކިސްތާން ހިމެނިފައި ވަނީ ރޭޕްގެ އަމަލު ހިންގާ އެންމެ ވަހުޝީ ދިހަ ގައުމުގެ ތެރޭގައެވެ. ހަމައެކަނި އެއް އަހަރުގެ ތެރޭގައި ޕާކިސްތާންގެ ޕަންޖާބްގައި 14850 އަންހެނުންނާއި ކުޑަކުދިން ވަގަށް ނެގުމުގެ އަމަލު ހިންގާފައި ވެއެވެ. 2014 ން 2017ށް ދައްކާ ގޮތުން އެތަކެއް އަންހެނުންނެއް ވަގަށް ނެގުމަށްފަހު ރޭޕްކޮށްފައި ވެއެވެ. އަދި އާޚިރުގައި ބައެއް މީހުން ނެތިކޮށްލާފައި ވެސް ވެއެވެ.

ޕާކިސްތާންގެ ރަސްމީ ތަފާސްހިސާބު ބުނާ ގޮތުން، އަރައި އޮސްފުހޭ ކޮންމެ އިރަކާއެކު ރޭޕް ކުރުމުގެ 11 ވާގިއާއެއް ރިޕޯޓް ކުރެވެއެވެ. ނޫސްވެރިންގެ ލަފައަކީ މިއަދަކީ ހަމަ ކުރަގަނޑެވެ. މީގެ އުމަގު މިއަށްވުރެން ފުންވެފައި ބޮޑުވާނެ ކަމެވެ. އަދި އެންމެ ވޭންދެނިވި ކަމަކީ، ކުޑަކުދިން ވަގަށް ނަގައިގެން ރޭޕް ކުރުމުގެ ވާހަކަތަކެވެ.

ކުރީގެ ކައްޕިއަށް މިފަދަ ވާހަކަތައް ރޭކާލާނެ ނަމަ އަންހެނުންނާއި ކުޑަކުދިންގެ ހައްގުގައި ކުރެވޭ މިއޮތް އިހާނެތި އަމަލަށް ތަންފުކެއް ހައްސާސް ވީހެވެ!

ޒާހިދު ޙުސެއިން ބުނާ ގޮތުން އިމްރާމް ޚާންގެ މިވާހަކަތައް ބޮލީވިޑާއި ހޮލީވުޑްގެ ފިލްމުތަކަށް ފޫޅުކަނޑާލާއިރު، މިޖަރީމާ ހިންގާ މުޖުތަމައަކީ، ފުންކޮށް ދީން އެތަނެއްގައި ބިންވަޅު ނެގިފައިވާ ކަމަށް ބުނެވޭ މުޖުތަމައެކެވެ. ރޭޕް ކުރާ ކޮންމެ މީހަކީ އެމީހާގެ ޖަރީމާއަށް ކޮންމެވެސް އުޒުރެއް ދައްކާނެ މީހެކެވެ. އެކަމަކު އެފަދަ ބަޔަކަށް ހިތްވަރު ދިނުމަކީވެސް ނުބައި ޖަރީމާއެކެވެ.