ބޭނުންވާ ތަކެތި

4 ޖޯޑު ބަނބުކެޔޮ ( ކުދިކޮށް ކޮށާފައި)

2 ޖޯޑު ހަކުރު

2 އިންޗީގެ 2 ބުރި ރާންބާފަތް

4 ކާފޫރު ތޮޅި

4 އިންޗި ފޮނި ތޮށި

1 ޖޯޑު މާފެން

1 ޖޯޑު ބޯކިރު

ތައްޔާރުކުރާނެ ގޮތް

ރާނބަފަތް އަޅައިގެން އުނދުންމައްޗަށް ފެން އެއްޗެއް އުދުމަށްފަހު ހޫނުވުމުން ކޮށާފައި ހުރި ބަނބުކެޔޮ ތައް އަޅާ ލާށެވެ. އެއަށް ފަހު ބަނބުކެޔޮތައް މަޑުވަންދެން ކައްކާލާށެވެ. ޗަސްވެގެން ނުވާނެއެވެ. ދެން ތޮރުފި ތައްޓަކަށް ބަނބުކެޔޮތައް ނަގާ ފެން ހިއްކާލާށެވެ. އެއަށްފަހު ބޮނޑިބަތް ކައްކާ ތެއްޔަށް ހަކުރާ ފޮނި ތޮށި ކާފޫރު ތޮޅި އަދި ބަނބުކެޔޮ އަޅައިގެން އޮލަވަންދެން ކައްކާލާށެވެ. ކައްކާ އިރު ފުލުގައި ޖެހުނަ ނުދީ ދޭފަތަކުން ހަލަން ވާނެއެވެ. ބަނބުކެބޮނޑިބަތް އޮލަ ވުމުން ބޯކިރު ޖޯޑު އަޅާލާށެވެ. ( ބޯކިރުނަގާނީ މާފެނުގައެވެ. ) ދެން ބޯކިރު ފޮދު އެއްކޮށްލުމަށް ފަހު އުނދުންމަތިން ބާލާށެވެ.