އިންޑިއާއިން ކަނޑު އަޑީގެ ޓްރޮޕިޑޯ ސިސްޓަމެއް މިއަދު ކާމިޔާބު ކަމާއެކު ޓެސްޓް ކޮށްފިއެވެ. އޭޕީޖޭ އަބްދުލް ކަލާމް ޖަޒީރާގައި ޓެސްޓް ކޮށްފައިވާ މި ޓްރޮޕިޑޯއަކީ ސެބްމެރީންއާ ދެކޮޅށް ކަނޑު އަޑީގެ ހަމަލާތަކުގައި ބޭނުން ކުރާ ސްމާޓް ހަތިޔާރެކެވެ.
މިއީ އަޑަށް ބުރެން ބާރަށް ދަތުރުކުރާ ޓްރޮޕިޑޯ މިސައިލެކެވެ.
މި ޓްރޮޕިޑޯއިން އެއް ހާސް ކިލޯ މީޓަރު ދުރުގައި ހުންނަ އަމާޒުތަކަށް ހަމަލަ ދެވޭނެއެވެ.
މިއަދު ހެނދުނު ބޭއްވި ޓެސްޓްތަކުގައި މި ހަތިޔާރު ކާމިޔާބު ކަމަށް ދައްކާފައި ވެއެވެ.
އިންޑިއާގެ ޑިފެންސް ރިސަރޗް އޮގަނައިޒޭޝަންއިން އުފައްދާފައިވާ މި ހަތިޔާރުގެ ސަބަބުން ކަނޑުގެ އަޑީގެ ހަނގުރާމައިގައި އިންޑިއާ އަށް ބޮޑު ކުރިއެރުމެއް ލިބިގެން ދިޔައީ ކަމަށް އިންޑިއާގެ ދިފާއީ ފަރާތްތަކުން ބުނެއެވެ.