ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވޯޓު ލައްވައިފިއެވެ.
އެމަނިކުފާނު ވޯޓުލެއްވީ ޖަމާލުއްދީން ސްކޫލުގެ ހޯލުގައި ބެހެއްޓިފައި ހުންނަ، މާލޭގައި ދިރިއުޅޭ ހިންނަވަރު ރައްޔިތުން ވޯޓުލާން ހާއްސަކުރެވިފައިވާ ފޮއްޓަށެވެ.
ކައުންސިލް އިންތިހާބުގެ ވޯޓު ލެއްވުމަށްފަހު ޖަމާލުއްދީން ސްކޫލުގައި މީޑިއާއާ ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ އަތޮޅުތަކާއި މުޅި ރާއްޖޭގެ ހިންގުމަށް މި ވޯޓުގެ ނަތީޖާއާ އެކު ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.
މިއީ ދަތި އުނދަގޫ ވަގުތެއްގައި ބާއްވާ އިންތިހާބެއްކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ އެދެނީ ވީހާވެސް ގިނަ ބަޔަކު ނުކުމެ ވޯޓު ދެއްވުމަށްކަމަށެވެ.