ސްރީލަންކާގެ އިދިކޮޅު މެންބަރު އަދި ސްރިލަންކާ ސިފައިންގެ ކުރީގެ ކޮމާންޑަރު، ފީލްޑް މަރޝަލް ސަރަތު ފޮންސެކާއަކީ ހިމާރެއްކަމަށް، ސްރީލަންކާގެ ރައިސްގެ ބޭބެ ޗަމަލް ރާޖަޕަކްސަ ސިފަ ކުރައްވައިފިއެވެ.

ދެ މެންބަރުންގެ ދެމެދު ޒުވާބު ހޫނުވެގެން ދިޔައީ، އެމްޕީ ސަރަތު ފޮންސެކާ، ޖަލުގައި އޮންނެވި ދުވަސްވަރު އޭނާއަށް ދީފައިވާ އަނިޔާއާ ބެހޭ ގޮތުން އޭނާ ވާހަކަ ދައްކަވަން ފެށުމުންނެވެ.

ފޮންސެކާއަކީ ހިމާރެއްކަމަށް ސިފަ ކުރައްވައި ޗަމަލް ރާޖަޕަކްސަ ވިދާޅުވީ ބޭނުންވަނީ ޕާލަމެންޓްގެ ޖަލްސާއިން ނެރެގެން ފޮންސެކާގައި ގައިގައި ރަނގަޅަށް ތަޅާލަން ކަމަށެވެ. މިއާ ވިއްދައިގެން ޖެނެރަލް ވިދާޅުވީ އޭނާގެ އަގަށް އަތް ފޯރުފައިފިނަމަ، އެންމެ އެތިފަހަރަކުން ޗަމަލް ހިންދައި ލެވިދާނެ ކަމަށެވެ.

ޗަމަލް ރާޖަޕަކްސައަކީ، ޕާލަމެންޓްގެ ކުރީގެ ރައީސެވެ. އަދި ރައީސާއި ބޮޑު ވަޒީރުގެ ބޭބެ ވެސްމެއެވެ.

ފޮންސެކާއަކީ، ކުރިން ރިއާސީ އިންތިޚާބުގައި ވާދަކުރެއްވި ބޭފުޅެކެވެ. އަދި ނާކިޔާބުވެ ވަޑައިގަތުމުން އޭނާ ޕާލަމެންޓަށް ކުރިމަތިލެއްވުމުން ހޮވި ވަޑައިގަތެވެ. ނަމަވެސް އޭނާ ސިޔާސީ މަގްސަދެއްގައި ޖަލަށް ލީއެވެ. އޭނާއަކީ ކުރީގެ ރައީސް މަތިރި ޕާލާ ސިރިސޭނާއަށް ތާއީދުކުރައްވާ، ރާޖާޕަކްސަ އާއިލާއަށް ނުރުހި ވަޑައިގަންނަވާ ބޭފުޅެކެވެ.

ސަރަތު ފންސެކާއަކީ ސްރީލަންކާގެ އެންމެ ފުރަތަމަ ފީލްޑް މާރޝަލް އެވެ. ފީލްޑް މާރޝަލްގެ ރޭންކަކީ ސިފައިންގެ ޚިދުމަތުގައި ދެވޭ އެންމެ މަތީ ރޭންކެވެ.