ކުޅުދުއްފުށި ސިޓީގެ ފުރަތަމަ މޭޔަރަކަށް އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އާތިފް އިންތިހާބު ވެއްޖެއެވެ.

އާތިފްއާ އެންމެ ގާތުން ވާދަކޮށްފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ އިގުބާލެވެ. ދެން ވާދަ ކުރި އަމިއްލަ ދެ ކެންޑިޑޭޓުންނަށް މާބޮޑު ތަރުހީބެއް ނުލިބެ އެވެ.

މިހާތަނަށް ގުނުނު ވޯޓުން އާތިފަށް ވަނީ 317 ވޯޓު ލިބިފައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރާ އިގުބާލަށް ލިބިފައިވަނީ 198 ވޯޓެވެ.