ފާއިތުވި 24 ގަޑިއިރުތެރޭ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 88 މީހުންނެވެ. އޭގެ ތެރެއިން މާލޭ ސަރަހައްދުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 37 އެވެ. ރަށްރަށުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 31 މީހެކެވެ. ރިސޯޓުތަކުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 20 މީހުންނެވެ.

މިހާ ހިސާބަށް ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 25،524 އަށް އަރައިފައެވެ. އެކްޓިވް ކޭސްގެ ގޮތުގައި މިހާރުތިބީ 3019 މީހެކެވެ.

ފާއިތުވި 24 ގަޑިއިރުތެރޭގައި ޓެސްޓް ކުރުމަށް ނަގައިފައިވާ ސާމްޕަލްގެ އަދަދަކީ 2،664 އެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުންގެންދާ މީހުންގެ އަދަދަކީ 78 އެވެ. ބަލިން ރަނގަޅުވި މީހުންގެ ޖުމްލައަކީ 22429 އެވެ. މި ބަލީގައި މިހާތަނަށް ވަނީ 67 މީހަކު މަރުވެފައެވެ.