ރާއްޖެއިން އިތުރު 37 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، އިތުރު 63 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ އާދީއްތަ ދުވަހުގެ 18:00އިން ފެށިގެން ހޯމަދުވަހުގެ 18:00ގެ ނިޔަލަށް މާލެ ސަރަހައްދުން ޕޮސިޓިވެ ވެފައިވަނީ 35 މީހެއް ކަމަށެވެ. އަދި ރަށްރަށުން ޕޮޒިޓިވްވި 2 މީހުން ކަމަށެވެ.

މިއާއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދުވަނީ 10567މީހުންނަށް އިތުރުވެފައެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން މިއަދު އިތުރު 63 މީހުން ބަލިން ރަނގަޅުވެފައިވާއިރު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުމިވަނީ 9427އަށް އިތުރުވެފައެވެ.

ކޮވިޑް 19 އަށް މިވަގުތު ހޮސްޕިޓަލުގައި 65 މީހުންނަށްދަނީ ވޯޑުގައި ފަރުވާދެމުންނެވެ. މީގެ ތެރެއިން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 58 މީހުންނަށް އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި އެކަކަށް އަދި ގއ. ވިލިނގިލީ މެޑިކަލް ފެސިލީޓީގައި 6 މީހުންނަށްދަނީ ފަރުވާދެމުންނެެވެ.