އަލިފާން ރޯވުމުގެެ ސަބަބުން އިއްޔެ އަޑިއަށް ދިޔަ "ސީ ސްޓަރ" އިން ތެޔޮބޭރުވިޔަސް މާބޮޑު ގެއްލުމެއް ވާނެ ކަމަށް ނުބެލެވޭ ކަމަށް އެންވަަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވިދާޅުވެެއްޖެއެވެ.

އެމްއެންޑީއެފްގެ ކޯސްޓުގާޑާ ހަވާލާދިީ އީޕީއޭގެ ޑިރެކްްޓަރ ޖަނެރަލް އިބްރާހީމް ނަޢީމް ވިދާޅުވީ އަޑިއަށްދިޔަ ބޯޓުގައި ހުރި ތެޔޮ ކަނޑަށް ބޭރުވުމުގެ ފުރުސަތު ވަރަށް ކުޑަކަމަށެވެ. އަދި ބޭރުުވެއްޖެ ނަމަ އަމަލުކުރާނެެ ގޮތްތަކަށް ވެސް ތައްޔާރުވެފައިވާ ކަމަށް ނަޢީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބޯޓުގައި ހުރި ތެލަކީ ވަރަށް ބޮޑަށް ސާފުކޮށްފައި ހުރި ތެލެއް ކަމަށެވެ. އެހެންކަމުން ތެޔި ކަނޑަށް އެޅުނަސް މާބޮޑު ގެއްލުމެއް ނުލި އާތްވަށް ވެގެެން އަރައުގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑު ކަަށް ވެެސް ނަޢީމް ވިދާޅުވިއެވެ.

އެމްއެންޑީއެފް ކޯސްޓުގާޑުން ގެންދަވަނީ ބޯޓު އަޑިއަށް ދިޔަ ވަގުން ފެށިގެން އެއިން ތެޔޮ ބޭރުވޭޭތޯ ބަލަމުންނެވެ. 1000 މީޓަރާއި 1400 މީޓަރާއި ދެމެދުގެ ފުންމިނަކަށް އަޑިއަށް ގޮސްފައިވާ އެ ބޯޓު އަޑިއަށް ދިޔައިރު އޭގައި ފަސްދޮޅަސް ހާސް ލީޓަރުގެެ ތެެޔޮ ހުއްޓެވެ. އެހެންނަމަވެސް މިހާތަނަށް ބެލި ބެލުމުން އެއިން ޑީސަލް ލީކުވުމުގެެ އެއްވެސް ނިޝާނެއް ފެނިފައެއްނުވެއެވެ. ތެޔޮ ލީކްވޭތޯ ކޯސްޓްގާޑް އިން ދަނީ ހުއްޓާނުލާ ބަލަމުން ކަމަށް ވެސް އެމްއެންޑީއެފުުން ވިދާޅުވެފައިވެއެވެ.

މި ބޯޓު އަޑިއަށް ދިޔައީ އިއްޔެ މާލެއިން ފުރައިގެން ލ.އަތޮޅަށް ދަތުރުކުރަނިކޮށް އަލިފާން ރޯވެގެންނެވެ. އެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ އިއްޔެ ހަވީރު 5:50 ގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިހާދިސާ ހިނގާފައިވަނީ ކ.އެނބޫދޫފިނޮޅުގެ 1.52 ނޯޓިކަލް މޭލު އިރު ދެކުނުން، އަތޮޅުން ބޭރުގައެވެ. ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ލޯންޗް ވަނީ އިއްޔެ ހަވީރު 6:13 އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފައެވެ. ބޯޓު އަޑިއަށް ދިޔައީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރައްވަމުން ދަނިކޮށެވެ.