ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރަށް ސަރުކާރުގެ ފަރާތުން 28 ބިލެއް ހުށަހަޅަން ގަޞްދުކޮށްފައިވާކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވެއްޖެއެވެ.
މި ބިލްތަކުގެ ތެރޭގައި އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް އޮޓޯރިޓީގެ ބިލު އަދި ބޯހިޔާވަހިކަމުގެ ބިލުވެސް ހިމެނެއެވެ.
މިދައުރަށް ހުށައަޅާނެ 28 ބިލު
1- ޤާނޫނު ނަންބަރު 3/2010 (ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު.
2- ޕޭމަންޓް ސިސްޓަމްއާއި ޕޭމަންޓް ޚިދުމަތްތަކުގެ ބިލު
3- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
4- ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
5- މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
6- ހެއްކާބެހޭ ބިލު
7- މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ އޮތޯރިޓީގެ ބިލު
8- ކާބޯތަކެއްޗާބެހޭ ބިލު
9- ނޭޝަނަލް ރަޖިސްޓްރޭޝަންގެ ބިލު
10- އާއްމު ދަތުރުފަތުރުގެ ބިލު
11- އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު
12- ދިރޭ ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު
13- ތަސްނީފްކުރުމުގެ ބިލު
14- ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރިކުރުމުގެ ބިލު
15- ފޮރިން އިންވެސްޓްމަންޓްގެ ބިލު
16- ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
17- އިލެކްޓްރޯނިކް މުޢާމަލާތްތަކުގެ ބިލު
18- އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
19- އިންސޮލްވަންސީއާބެހޭ ބިލު
20- އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙް ގެނައުމުގެ ބިލް
21- ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިޞްލާޙް ގެނައުމުގެ ބިލް
22- ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު
23- ޢާއިލާއާބެހޭ ބިލު
24- ނަފްސާނީ ޞިއްޙަތުގެ ބިލު
25- މީހުން ސްމަގްލްކުރުން ހުއްޓުވުމުގެ ބިލު
26- ބޯހިޔާވަހިކަމުގެ ބިލު
27- ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
28- މަދަނީ ވައިގެ ދަތުރުފަތުރުގެ ބިލު
ބަންޑާރަ ނާއިބުގެ އޮފީހުން މިދައުރަށް ހުށައަޅާނެ 28 ބިލުގެ ލިސްޓު މަޖިލީހަށް މިހާރު ފޮނުވާފައިވާއިރު، އެއިން ކޮންމެ ބިލެއް، މަޖިލީހަށް ފޮނުވުމަށްފަހު، ބިލުގައިވާ ތަފްސީލު ހިއްސާކުރަމުން ގެންދާނެކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވިއެވެ.
މިފަހަރު ހުށައަޅަން ގަސްދުކުރާކަން ބަނޑާރަ ނާއިބުގެ އޮފީހުން ހުށައެޅި ބިލްތަކުގެ ތެރޭގައި ސަރުކާރުވެފައިވާ ވަޢުދުތައް ފުއްދުމަށް ބޭނުންވާ ކަންކަން ހިމެނޭ ބިލްތަކާއި ޖިނާޢި އަދި މަދަނީ ކަންކަމުގެ އިތުރުން އިޤްތިޞާދީ ކުރިއެރުމާިއ ޓެކްސްނެގުމާގުޅޭ މުހިއްމު ބިލްތައްވެސް ހިމެނެއެވެ.