މި އަހަރު މިހާތަނަށް 333،000 އަށްވުރެއް ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބު ދައްކާގޮތުން މިމަހުގެ 10 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް ވަނީ 333،928 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ތަފާސްހިސާބު ދައްކާގޮތުން ޖެނުއަރީ މަހު ރާއްޖެއަށް 92،103 ފަތުރުވެރިން އައިސްފައިވާއިރު ފެބްރުއަރީ މަހު ރާއްޖެ އައިސްފައިވަނީ 96،882 ފަތުރުވެރިންނެވެ. އަދި މާޗް މަހު 109،585 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު މިމަހުގެ 10 ވަނަ ދުވަހާއި ހަމައަށް ރައްޖެއަށް 35،358 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ.

މިއަހަރު މިހާތަނަށް ރާއްޖެއަށް އެންމެގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ.