ޕާކިސްތާނަކީ ޓެރަރިޒަމާއި މަނީ ލޯންޑަރިންގއަށް ފައިސާ ހޭދަކުރާ ހައި ރިސްކު ގައުމެއް ކަމަށް އިނގިރޭސިވިލާތުން، ގިންތިކޮށްފައިވަނީ ހަގީގަތާ ޚިލާފަށް ކަމަށް ޕާކިސްތާންގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ. އަދި އިނގިރޭސިވިލާތުގެ ނިންމުން ބަދަލުކުރާނެ ކަމަސާއި ސިޔާސީ މަގްސަދަކަށް ފިޔަވަޅުތައް ނެޅުމަށާއި ހަގީގަތަށް ބަލާނެ ކަމަށް އުންމީދު ކުރާނކަމަށްވެސް ޕާކިސްތާންގެ ޚާރިޖީ ވުޒާރާއިން ނެރެފައިވާ ބަޔާންގައި ވެއެވެ.

އިނގިރޭސިވިލާތުން ވަނީ މަނީ ލޯންޑަރިންގއާއި ޓެރަރިޒަމަށް ހޭދަ ކުރާ ގައުމުތަކުގެ ލިސްޓަށް 21 ގައުމެއް އިއްޔެ، ހިމަނާފައެވެ.

ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ ޕާކިސްތާންގައި މަނީލޯންޑަރިންގއާ ދެކޮޅަށާއި ޓެރަރިޒަމަށް ފައިސާ ހޭދަކުރުމަށް ފިޔަވަޅު އެޅުމަށް ހަރުދަނާ އުސޫލުތަކެއް ގާއިމްވެފައިވާ ކަމަށެވެ. އަދި މި ކަމުގައި ޕާކިސްތާނުން އަޅާފައިވާ ފިޔަވަޅުތައް ފައިނޭންޝަލް އެކްޝަން ޓާސްކްފޯސް އެފްއޭޓީއެފްއަށް ރިޕޯޓް ކޮށްފައިވާނެ ކަމަށްވެސް އިސްލާމްއާބާދުން ވަނީ ބުނެފައެވެ.

ޖޫން 2018 އިން ފެށިގެން ޕާކިސްތާނުން ވަނީ އެފްއޭއެފްޓީގެ ގްރޭ ލިސްޓްގައި ހިމަނާފައެވެ. އަދި ރިއުއތަކަށްފަހުވެސް ޕާކިސްތާނުން ފުރިހަމަ ކުރުމަށް ހުށަހަޅާފައިވާ ކަންކަން ފުރިހަމަ ނުކޮށްގެން ޕާކިސްތާނު ގްރޭ ލިސްޓުން ނަގާފައެއް ނުވެއެވެ.

އެންމެ ފަހުން ފެބްރުއަރީ މަހު ބާއްވާފައިވާ ބައްދަލުވުމުގައި ފާހަގަކޮށްފައި ވަނ ޕާކިސްތާނުން އެދެވޭ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އަދި އިސްލާހަށް ހުށަހަޅާފައިވާ 27 ކަންކަމުގެ ތެރޭން 24 ކަން ޕާކިސްތާނުން ފުރިހަމަ ކޮށްފައިވާ ކަން އެންމެ ފަހުގެ ބައްދަލުވުމުގައި ފާހަގަ ކޮށްފައި ވެއެވެ.