ބޭނުންވާ ތަކެތި

250 ގުރާމް ފުއް

10 ގުރާމް ޔީސްޓް

25 ގުރާމް ހިކިކިރު

05 ގްރާމް ލޮނު

1 މޭޒުމަތީ ސަމުސާ ބަޓަރު

125 އެމްއެލް ފެން

1 މޭޒުމަތީ ސަމުސާ ހަކުރު

1 ބިސް

ތެޔޮ (ތެލުލަން)

ތައްޔާރުކުރާނެ ގޮތް

ފުށާއި އީސްޓް ހަކުރާއި ބިސް ލޮނު އެއްކޮށްފައި ފުއްގަނޑު މޮޑެލާށެވެ. އެއަށްފަހު ބަޓަރާއެކު ފުށްގަނޑު މޮޑެލާށެވެ. 10 މިނެޓް ވަންދެން މޮޑެފައި 15 މިނޭތ ވަންދެން މަތި ޖެހި އެއްޗެއްގައި ބާއްވާލާށެވެ. ދެން ފުއްގަނޑު 2 ގުޅައަށް ބައި ކުރުމަށްފަހު ބޯ ރޮއްޓެއްހެން ވައްކޮށް ދަމާލާށެވެ. ދެން ޑޯނަޓް ސައިޒަށް ކަފާފައި 10 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ތެއްލާށެވެ.

ޗޮކޮލެޓް ދިޔާ ކުރާނެގޮތް

100 ގުރާމު ޗޮކްލެޓް 1 މޭޒުމަތީ ސަމުސާ މިލްކް 1 ސައިސަމުސާ ބަޓަރ

ހުރިހާ އެއްޗެއް ކުޑަ ތެއްޔަޔަކަށް އެޅުމަށްފަހު ފެންތެއްޔެއް އުނދުންމައްޗައް އުދާ އޭގެ ތެރޭގައި ކުޑަ ތެލި ބަހައްޓައިގެން ޗޮކްލެޓް ދިޔާ ކޮށްލާށެވެ. ދެން އުނދުންމަތިން ބޭލުމަށްފަހު ޑޯނަޓްގެ މަތީގައި އުނގުޅާށެވެ.