ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ތަޅުމުގައި ތިއްބަވާ ތަރުތީބަށް ބަދަލު ގެނެސް، ސިޔާސީ ޕާޓީތައް ވަކިވާ ގޮތަށް ބަދަލުކުރުމަށް އާންމު ކޮމިޓީން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގު މެންބަރުން ތަޅުމުގައި އިށީނދެވަޑައިގެން ތިއްބަވާ ތަރުތީބުތަކަށް ބަދަލު ގެނައުމަށް ނިންމާފައިވަނީ ކޮމިޓީ މެމްބަރުންގެ އަޢުލަބިއްޔަތުންނެވެ. ގިނަ މެމްބަރުންވަނީ މި ހުށަހެޅުމަށް ތާއީދުކޮށް ޕާޓީތައް ވަކިވާގޮތަށް ތަރުތީބު ބަދަލުކުރުމަށް ފެންނަކަމަށް ތާއީދުކޮށް އެގޮތަށް ފާސްކޮށްފައެވެ.
ޑިމޮކްރަޓިކް ޤައުމުތަކާއި، ރިޔާސީ ނިޒާމުގައި މަޖިލީހުގެ މެމްބަރުން ތިއްބަވާ ގޮތަށް ރިއާޔަތްކޮށް ރާއްޖޭގައިވެސް މިނިޒާމުތަކާއި އެއްގޮތަށް މަޖިލިސްގެ ކަންކަން ބައްޓަން ކުރުމަށް މެމްބަރުންވަނީ މަޝްވަރާކޮށްފައެވެ. ކޮމިޓީގެ
އާންމު ކޮމިޓީގެ މުޤައްރިރު ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ޙަސަން ލަޠީފް ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ޕާޓީތަކުގެ މެެމްބަރުން އެއްކޮށް ތިއްބަވާގޮތަށް ބަދަލު ގެނައުމުން މެމްބަރުން ތިބޭނެ ތަރުތީބެއް ކަނޑައަޅާނީ އެޕާޓީއެއްގެ ޕާލިމަންޓްރީ ގްރޫޕަކުން ކަމަށް ޙަސަން ލަޠީފް ވިދާޅުވިއެވެ.
މިހާރު މަޖިލީހުގައި މެމްބަރުން ތިއްބަވާ ތަރުތީބަކީ މާލެއަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރުން އެންމެ ކުރީގައި ތިއްބަވާ ގޮތަށެވެ. އަދި އޭގެ ފަހަތުން އަތޮޅުތަކުގެ ދާއިރާތައް ތަރުތީބުވާ ގޮތަށެވެ.