ކޮވިޑް-19 އިން ދިފާޢުވުމަށް ވެކްސިންދޭ ސެންްޓަރުތައް މާދަމާ ބަންދު ވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މާދަމާއަކީ މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައިވާތީ، އެޗްޕީއޭއިން ވަނީ ރޯދަ މަހު ވެކްސިން ޖަަހައިދޭނެ ގަޑިތަކާއި ސެންޓަރުތައް އިއުލާނު ކޮށްފައެވެ. އެއާއެކު އެޗްޕީއޭއިން ބުނީ މާދަމާ ވެކްސިން ސެންޓަރުތައް ބަންދުވާނެ ކަމަށެވެ.

އެޗްޕީއޭއިން ކުރި ބުނީ މި އަހަރުގެ ރަމަޟާންމަހު ހުރިހާ ވެކްސިނެއް ވެސް ޖަހައިދޭނީ ހަމައެކަނި ރޭގަނޑު 9:00 އިން 11:00ގައި ކަމަށެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދެވޭނެ ސެންޓަރުތައް:

▪︎ ސޯޝަލް ސެންޓަރ▪︎ ނޭޝަނަލް އާޓް ގެލެރީ▪︎ ރައްޔިތުންގެ މަޖިލިސް▪︎ ހުޅުމާލެ ވެކްސިނޭޝަން ސެންޓަރ (ހުޅުމާލެ ފްލޫ ކްލިނިކް)▪︎ ވިލިމާލެ ޒުވާނުންގެ މަރުކަޒު▪︎ ސެނަހިޔާ

ސިނޮފާމް ވެކްސިން ޖަހައިދޭ ސެންޓަރު:

▪︎ ޓްރީޓޮޕް ހޮސްޕިޓަލު