ހުރިހާ މަންޒަރެއް އައްޑޫ ސިޓީގައި ނަގައިފައިވާ ޑްރާމާ ސީރީޒް "ބުނެލަދީ" ގެ ޓްރެއިލާ ލޯންޗު ކޮށްފިއެވެ.

މި ސީރީޒް އަކީ ފަސް އެޕިސޯޑްގެ ޑްރާމާ އެކެވެ. މި ޑްރާމާގެ ކާސްޓަކީ ވެސް އައްޑޫ ސިޓީ އަށް ނިސްބައްވާ ތަރިން ހިމެނޭ ކާސްޓެކެވެ.

ޑްރާމާ އާއި ބެހޭގޮތުން ވާހަކަ ދައްކަމުން ފިލްމީ ތަރި އަމަން ބުނީ މިއީ ހަގީގީ ދިރިއުޅުމުގައި ދިމާވާ ހާދިސާއެއްގެ މައްޗައް މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ ލިޔުއްވާފައިވާ ވާހަކައެއްގެ މައްޗައް ހާދާ ޑްރާމާ އެއްކަމަށެވެ.

މުޅިން އާ ކާސްޓުން ތަކެއް ގޮވާގެން މިފަދަ މަސައްކަތެއް ކުރުމަކީ ޗެލެންޖެއް ކަމަށާއި ނަމަވެސް ކާސްޓުންގެ ފަރާތުން ފެނިގެންދިޔަ އެކްޓިންއަކީ އުއްމީދު ނުކުރާ ވަރުގެ މޮޅު އެއްޓިންގް އެއް ކަމަށް އޭނާ ބުންޏެވެ.

ކާސްޓުންގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރި މަރިޔަމް ޝަހްޒާ ހިމެނެއެވެ. ޑްރާމާގެ ލީޑްރޯލުން ފެނިގެންދާނީ އޭނާއާއިފިލްމީ ތަރި އަމަންއެވެ. އޭގެ އިތުރުން ޓިކްޓޮކް ތަރި ހަސޭއާއި ޖިމީ އަދި އައިންތު އާއި ނުސްރާއި އަމީލް ފެނިގެންދާނެއެވެ.

މިޑްރާ ނެކްސްޓް ޓީވީއިން ދައްކަން ހަމަޖެހިފަ ވަނީ ކޮންމެ ބުރާސްފަތި ދުވަހުގެ ރޭގަނޑު އެވެ.

"މި މަސައްކަތަށް އައްޑޫ ސިޓީ އިން ލިބެމުންދާ އެއްބާރު ލުމަށް އައްޑޫ ސިޓީގެ ރައްޔިތުންނަށް ޝުކުރު ދަންނަވަން،" އަމަން ބުންޏެވެ.