ބޭނުންވާ ތަކެތި
250 ގުރާމް ފުށް
10 ގުރާމު ޔީސްޓް
1 ސައިސަމުސާ މާޖިރިން
1 މޭޒުމަތީ ސަމުސާ ތެޔޮ
5 ގުރާމު ލޮނު
150 އެމްއެލް ފެން
10 ގުރާމު ހަކުރު
1 ބިސް (މަތީގައި ހޭކުމަށް)
ތައްޔާރުކުރާނެ ގޮތް
ފުރަތަމަ ފުށާއި ތެޔޮ ޔީސްޓު ހަކުރު ލޮނު ފެން އެއްކޮށްފައި ފުށްގަނޑު ރަނގަޅަށް މޮޑެލާށެވެ. 5 މިނެޓްވަންދެން މޮޑެލާފައި މާޖިރިން އެއްކޮށް އަނެއްކާވެސް 15 މިނެޓް ވަންދެން މޮޑެލާށެވެ. އެއައަށް ފަހު މަތިޖެހި އެއްޗެއްގައި 15 މިނެޓްވަންދެން ފުށްގަނޑު ބާއްވާލާށެވެ. ދެން ފުށްގަނޑު ދެމުމަށްފަހު 3 އިންޗި 2 އިންޗިއަށް ފުށްގަނޑު ކެފުމަށްފަހު ފިލިން އަޅާފައި ބިސްފޮތި މަތީގައި ބޭއްވުމަށްފަހު ޕަފްގޮތަށް ފަތް ޖަހާފައި މަތީގައި ބިސް ހޭކުމަށްފަހު ހޫނުމިން 250 ޑިގްރީ ސެލްސިއަސް ގައި 15 ނޫނީ 20 މިނެޓް ވަންދެން ފިހާށެވެ.
އެގް ޕަފް ފިލިން
ބޭނުންވާ ތަކެތި
2 ބިސް ( ފެނު ކައްކާފައި)
5 ގުރާމު އަސޭމިރުސް ( މުގުރި)
2/1 ދަޅު މަސް
1 ގިތެޔޮ މިރުސް 1 ފިޔާ
1 މޭޒުމަތީ ސަމުސާ ފެން
ކުޑަ ލީކްސް ކޮޅެއް
ކުޑަ ލޮނުކޮޅެއް
1 ލޮނުމެދު
1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ސޯސް
10 ގުރާމް މާޖިރިން
ކުޑަ މުގުރި މިރުސް ކޮޅެއް
ތައްޔާރުކުރާނެ ގޮތް
ފުރަތަމަ މާޖިރިން ކޮޅު ހޫނު ވުމުން ލޮނުމެދު ފިޔާކޮޅު އަޅާފައި އިރު ކޮޅަކުން ލީކްސް އެޅުމަށްފަހު ހަވާދުގެ ހުރިހާ ބާވަތްތަކާއި މަސް އަޅައި އެއްކުރުމަށްފަހު ބާކީ ހުރި ހުރިހާ އެއްޗެއް އެޅުމަށްފަހު ލޮނު ހެޔޮވަރުކޮށް އިރުކޮޅެއްވަންދެން ކައްކާލާށެވެ. މަސްގަނަޑު މާ ބޮޑަށް ހިކި ނަމަ ފެންފޮދެއް އަޅާލާށެވެ.