އޮސްޓްރޭލިއާގެ ބީޗަކަށް ގޮސް އުޅުނު އާއިލާއަކަށް އާދަޔާ ޚިލާފު ސްޓަރފިޝް އެއް ފެނިއްޖެއެވެ. ވެލިގަނޑުގެ 90 ފޫޓު އަޑީގައި އުޅޭ މި ސްޓަރފިޝް ފެނިފައިވަނީ ވެލިގަނޑު މަތީންނެވެ.

ކެރެން ކްރޮމްޕްޓަން އާއި އޭނާގެ އަންހެން ދަރިފުޅަށް ފެނުނު އެ ސްޓަރފިޝްގައި 8 އަތް ހުއްޓެވެ. އެ ދެބަފައިންނަށް އޭތި ފާހަގަ ކުރެވުނީ އެ ސަރަހައްދުގެގައި ދިރިއުޅޭ ދިރުންތައް ބަލައިލަން، މެކޭގެ އުތުރު ކުއިންސްލޭންޑް ގައި އޮންނަ ބްލެކްސް ބީޗަށް ގޮސް އުޅުމުގެ ތެރޭގައިއެވެ.

"އަހަރެންގެ އަންހެން ދަރިފުޅަށް އެ އަދަޔާ ހިލާފު ސީ ކުރީޗާ ފަހަގަ ވެގެން އެއީ ބޯވާއެއްތޯ ސުވާލު ކުރިއިރު އަހަރެމެން ތިބީ އެ ސަރަހައްދު ބަލައި ސްޓަރފިޝް ތައް ގުނަން" ކެރެން ބުނެފައިވެއެވެ. އަދި އެއީ އެމީހުން ދުވަހަކު ވެސް ދެކެފައިވާ ޒާތުގެ އެއްޗެއް ނޫން ކަމަށްވެސް އޭނާ ބުނެއެވެ.

އެ މީހުންނަށް ވެސްޓަން އޮސްޓްރޭލިއާގެ އުތުރުގައި ވާ ކުއީންސްލޭންޑްގެ ގޮނޑުދޮށް ހިސާބުން ފެނިފައިވަނީ ލުޑިއާ މެކުލްޓާ ނަމަކަށް ކިޔުނު ސްޓާރފިޝްއެކެވެ.

އޮސްޓްރޭލިއާގެ މިއުޒިއަމްއަކުން ބުނާ ގޮތުގައި މި ޒާތުގެ ސްޓަރފިޝްގައި އެއް ދިމާލަކަށް ހުންނަ 8 އަތް ހުންނައިރު އޭގެ އަނގައިގެ ކައިރި ހިސާބު ވަނީ ތަފާތު ވައްތަރެއްގެ ކަށިތަކުން ފޮރުވިފައިއެވެ. މިއީ އާއްމުކޮށް ރީނދޫ ނުވަތަ އަނދިރި ކުލައިން ފެށިގެން ގަދަ ފެހިކުލައެއްގައި ހުންނަ އެއްޗެކެވެ.

ސަދަން ސޭން ސްޓަރގެ ނަމުން ވެސް ނަން ދީފައިވާ މި ސްޓަރފިޝައަކީ އެންމެ ބޮޑުވެގެން 40 ސެންޓިމީޓަރަށް ދިގުވާއެއްޗެކެވެ. މި ސްޓަރފިޝްއަކީ އެއްވެސް ވަރަކަށް ނުރައްކާތެރިއެއްޗެއް ނޫނެވެ. މީގެއިތުރުން އޭގެ އަތްތައް މަޑުކަމުން އޭގައި ބާރަށް ނުވަތަ ފަރުވާކުޑަކަމާއިއެކު ހިފައިފި ނަމަ ފަސޭހައިން ބިންދާއިގެންދާނެއެވެ.