ފާއިތުވި 24 ގަޑިއިރުތެރޭ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 58 މީހުންނެވެ. އޭގެ ތެރެއިން މާލޭ ސަރަހައްދުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 32 ކަމަށް އެޗުޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ރަށްރަށުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 11 އެވެ. ރިސޯޓުތަކުން ޕޮޒިޓިވްވި މީހުންގެ އަދަދަކީ ވެެސް 11 ކަމަށް އެޗުޕީއޭއިން ހާމަކޮށްފައިވެއެވެ.

މިހާ ހިސާބަށް ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 25،759 އަށް އަރައިފައެވެ. އެކްޓިވް ކޭސްގެ ގޮތުގައި މިހާރުތިބީ 2،702 މީހުންނެވެ.

ފާއިތުވި 24 ގަޑިއިރުތެރޭގައި ޓެސްޓް ކުރުމަށް ނަގައިފައިވާ ސާމްޕަލްގެ އަދަދަކީ 3،516 އެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުންގެންދާ މީހުންގެ އަދަދަކީ 72 އެވެ. ބަލިން ރަނގަޅުވި މީހުންގެ ޖުމްލައަކ2،645 އެވެ. މި ބަލީގައި މިހާތަނަށް ވަނީ 67 މީހަކު މަރުވެފައެވެ. މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 62 އެވެ. މިބަލިން މިހާތަނަށް ވަނީ 22،981 މީހުން ފަސޭހަވެފައެވެ.