ބޭނުންވާ ތަކެތި

70 ގުރާމް ބަޓަރ

2/1 1 ޖޯޑް ފުށް

4/1 1 ޖޯޑް ހަކުރު

3/1 ޖޯޑު ކޮކޯ ޕައުޑަރ

2/1 ކިރު

1 ސައިސަމުސާ ކޮފީ

1 ސައި ސަމުސާ ބޭކިން ޕައުޑަރ

ކުޑަ ލޮނުކޮޅެއް

3 ބިސް

1 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް

ހަކުރާއި ބަޓަރ ރަނަގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ބިސް އެއްކުރާށެވެ. ދެން ކިރު ފޮދުވެސް އެއްކޮށްލާށެވެ. އެއަށްފަހު އެސެންސާއި ލޮނުކޮޅާއި، ކޮކޯ ޕައުޑަރ، ކޮފީ އަދި ފުށާއި ބޭކިންޕައުޑަރ އަޅާ އެއްކޮށްލާށެވެ. ދެން ކޭކު ފިހާ ޓްރޭއެއްގަ ތެޔޮ އުގުޅާފައި ނޫނީ ބޭކިން ޕޭޕަރ އަޅާފައި އެއަށް ގިރި ކޭކްގެ ފުށްގަނޑު އަޅާލާފައި އަވަން ގަ ފިހެލާށެވެ.

ކްރީމް ތައްޔާރު ކުރާނެގޮތް:

100 ގްރާމް ކުކިން ޗޮކުލެޓް. 1 ސައިސަމުސާ ކޮކޯޕައުޑަރ، 2 ސައިސަމުސާ ގެރިކިރު، 1 ސައިސަމުސާ ފުލްކްރީމް، 1 ނޭޒުމަތީ ސަމުސާ ވެނީލާ އެސެންސް، ކުޑަ ކޮފީކޮޅެއް.

ޗޮކްލެޓް މެލްޓް ކުރުމަށްފަހު ހުރިހާ އެއްޗެއް އަޅައި ކްރީމް ގަނޑު ދިޔާ ކޮށްލާށެވެ. އެއަށްފަހު ކޭކްގެ މައްޗަށް އޮށްސާލާށެވެ.