ބޭނުންވާ ތަކެތި

250 ގުރާމް ގުރާމު ފުށް

5 ގުރާމު ލޮނު

10 ގުރާމު ޔީސްޓް

10 ގުރާމު ހަކުރު

1 މޭޒުމަތީ ސަމުސާ ތެޔޮ

150 އެމް އެލް ފެން

10 ގުރާމު މާޖިރިން

1 ބިސް

ތައްޔާރުކުރާނެ ގޮތް

ފުށުގެ ތެރެއަށް ހުރިހާ އެއްޗެއް އަޅައިގެން މޮޑެލާށެވެ. އަތުން މޮޑޭނަމަ، މާޖިރިންކޮޅު އެއްކުރާނީ ފަހުންނެވެ. އެއަށްފަހު މަތި ޖެހި އެއްޗެއްގައި 15 މިނެޓް ވަންދެން ފުށްގަނޑު ބާއްވާށެވެ. ދެން ފުށްގަނޑުން ގުޅަ ހެދުމަށްފަހު އޭގެ ތެރެއަށް މަސް އަޅައި ތިނެސްކަނަށް (ބަޖިޔާ) ގޮތަށް ހެދުމަށް ފަހު މަތީގައި ބިސް ހާކައި ފިހެލާށެވެ. އަވަނުގެ ހޫނުމިން ބަހައްޓާނީ 250 ގައެވެ. 15 ވަރަކަށް މިނެޓުން ފިހެވޭނެއެވެ.

މަސްގަނޑު ތައްޔާރުކުރުން

1 ފިޔާ

5 ގުރާމު ލޮނު

1 ދަޅު މަސް

1 މޭޒުމަތީ ސަމުސާ މުގުރި އަސޭމިރުސް

2 ލޮނުމެދު

1 ސައި ސަމުސާ މުގުރުރި މިރުސް

1 ގިތެޔޮ މިރުސް

1 މޭޒުމަތީ ސަމުސާ ތެޔޮ

1 ހިކަނދިފަތް

1 އަލުވި (މަޑުކޮށްފައި)

1 ސައި ސަމުސާ ޓޮމާޓޯ ޕޭސްޓް

1 ސައިސަމުސާ ކުކުޅު ހަވާދު ( ޕެކެޓް/ހިކި ހަވާދު)

ކުޑަ ފެންފޮދެއް

ފުރަތަމަ ތެޔޮ ފޮދު ހޫނުވުމުން ލޮނުމެދު ކޮޅު އަޅާލާށެވެ. ދެން އިރުކޮޅަކުން ފިޔާ ކޮޅާއި ހިކަނދިފަތް ކޮޅުވެސް އަޅާލާށެވެ. ދެން ހަވާދުގެ ބާވަތްތައް އަޅާފައި ބާކީ ހުރި ހުރިހާ އެއްޗެއް އަޅާ އެއްކޮށްލާށެވެ. ދެން ފެންފޮދެއް އަޅާފައި ލޮނު ހެޔޮވަރު ކޮށްލާށެވެ.