ބޭނުންވާ ތަކެތި

3 ޖޯޑު ގޮދަން ފުށް

2 ޖޯޑު ކިރު

1 ބިސް

3 މޭޒުމަތީ ސަމުސާ ކޮތަނބިރި

2/1 1 މޭޒުމަތީ ސަމުސާ ދަވިއްގަދު

2/1 1 މޭޒުމަތީ ސަމުސާ ދިރި

12 ހިކިމިރުސް

2 އިންޗި ފޮނި ތޮށި

4 އިންޗި ރޯ އިނގުރު

3 ކާފޫރު ތޮޅި

2 ގިތެޔޮމިރުސް

3 ގަނޑު ވަޅޯމަސް

2 ފިޔާ

2 ހިކަނދިފަތް

3 އިންޗި ރާނބާފަތް

1 ލޮނުމެދު

ރަހަލާވަރަށް ލޮނު

ކުޑަ ރީނދޫ ކޮޅެއެއް

2 މޭޒުމަތީ ސަމުސާ ތެޔޮ

ތައްޔާރުކުރާނެ ގޮތް

ކިރު އަޅައިގެން ފުށް ގިރާށެވެ. ބިސްވެސް އަޅާށެވެ. ކުލަ ހިފާވަރަށް ރީނދޫ ކޮޅެއްވެސް އަޅަން ވާނެއެވެ. އެއަށްފަހު އެފުށުން ފޮޅި ފިހާށެވެ. ފޮޅި ފިހެވޭވަރަށްވުރެ އޮލަނަމަ، އިތުރަށް ކިރު އަޅާށެވެ.

ދެން މަހާ ފިޔަ އާއި މިރުސްވެސް ކޮށާށެވެ. ދެން ލޮނުމެދު ގާނާލާށެވެ. އެއަށްފަހު ހަވާދުކޮޅު ހިމުންކޮށް މުގުރާލާށެވެ. ދެން އެއަށްފަހު ހުރިހާ އެއްޗެއް އެއްކޮށް މޮޑެލާށެވެ. އެއަށްފަހު ތެއްޔަކަށް ތެޔޮ އެޅުމަށްފަހު ހޫނު ވުމުން ފިޔާ ކޮޅަކާއި ހިކަނދިފަތް އަދި ރާނބާފަތް ފޮނި ތޮށި ކާފޫރު ތޮޅި އެޅުމަށްފަހު މޮޑުނު މަސްގަނޑު އެއަށް އަޅައި ހަނާކޮށްލާށެވެ. ލޮނުވެސް ހެޔޮވަރު ކުރަންވާނެއެވެ. ދެން މަސްގަނޑު ހިހޫވުމުން ފިހުނު ފޮޅީގެތެރެއަށް އަޅައި ރިހަ ފޮޅި ގޮތަށް އޮޅާލާށެވެ.