އިގްތިސާދުތައް ކޮއްޅަށް ޖެހުމަށް ގައުމުތަކުން މަސައްކަތް ކޮށް ހިނދެމިލާއިރު އާބާދީ މިއޮންނަނީ މުސްކުޅިވެ، އަޅާލަން ޖެހިފައެވެ. އިގްތިސާދީ އިންޖީނު، ޗައިނާއަށް ދިމާވެފައި ވަނީ މިފަދަ ކަމެކެވެ. 1979 ން ފެށިގެން ޗައިނާއިން ބާރު އެޅީ އެއް ދަރި ވިހެއުމަށެވެ. މީގެ ސަބަބުން މުޅި އާބާދީ މިހާރު އޮތީ ނުކިއްސަރު ހާލަތެއްގައެވެ. ބޮޑު ބައެއް މުސްކުޅި ވެއްޖެއެވެ. އެމީހުންނަށް އަޅާލާން ތިބީ މަދު ބައެކެވެ. ދެން ތިބި ބަޔަކު ތިބީ މީހުންނާ ނުއިނދެ މުސްކުޅި ވާ ގޮތަށެވެ.

2016 ގައި ޗައިނާއިން ހުއްދަ ދީފައި ވަނީ ދެ ދަރިން ހޯދުންވެސް އެންމެ ރަނގަޅު ކަމަށެވެ. މިކަންވެސް ބޭނުންވި ގޮތަކަށް ކާމިޔާބެއް ނުވިއެވެ.

ތިން އަހަރު ޖައްސަ ޖައްސައިގެން ޗައިނާގެ އާބާދީ ވަނީ ދަށަށް ގޮސްފައެވެ. 2016 ގައި ވިހޭ ނިސްބަތް 17.9 މިލިއަން ގައި އޮތުމަށް ފަހު 2019ގައި ވަނީ 14.6 މިލިއަން އަށް ވެއްޓިފައެވެ.

ޗައިނާގައި މިފަދަ ކަންކަން ދިރާސާ ކުރާ ޗައިނީޒް އެކަޑެމީ އޮފް ސޯޝަލް ސައިންސަސްއިން ވަނީ ނުރައްކަލުގެ ރަނގަބީލު ޖަހާފައެވެ. ޗައިނާގައި ދަރި މައި ވުމުގެ މިންވަރު މިހާރު މިއޮތް މިންވަރަށް އޮވެއްޖެނަމަ، 2027 ގައި ޗައިނާގެ އާބާދީ މަދުވާން ފައްޓާނެ ކަމަށް އެ މަރުކަޒުން ބުނެއެވެ. އެގޮތަށް ގޮސް 2065 ގައި ޗައިނާގެ އާބާދީ އޮންނާނީ 1.172 ބިލިއަން ގައެވެ.

މީގެ ސަބަބަކީ، ސަރުކާރުން ހިތްވަރު ދިން ކަމުގައި ވިއަސް އެއް ދަރިނ ހޯދުމުގެ ސިޔާސަތުގެ ޒަމާނުގައި އުފަންވެފައިވާ މީހުން މިހާރު އެތިބަގެން ދަނީ ދަރިމައިވާ އުމުރު ފަހަނަޅައެވެ. އެމީހުން އަދިވެސް އެތިބީ އެމީހުން އުފަން ވިއިރު އޮތް ސިސާތާއި ވިސްނުމުގައެވެ.

2050 އަންނނަ އިރު ޗައިނާގެ 35 މިލިއަނަށް ވުރެން ގިނަ އަންހެނުން ތިބޭނީ 84ން މަތީގައެވެ.

ހަމައެގޮތަށް ކޮންމެ އަހަރަކުވެސް ކައިވެނި ކުރާ ނިސްބަތްވެސް ދަނީ ދަށްވަމުންނެވެ. 2013 ވަނަ އަހަރު ކައިވެރި ރަޖިސްޓްރީ ކުރި މީހުންގެ ނިސްބަތަކީ، 4.3 މިލިއަން އެވެ. 2018 ވަނަ އަހަރު އެ އަދަދު ވަނީ 3 މިލިއަނަށް ދަށްވެފައެވެ.

ދުނިޔޭގެ އެހެން ބޮޑު ގައުމަކަށް ވުރެން އަވަހަށް ޗައިނާގެ އާބާދީ މުސްކުޅި ވަމުންދާކަމަށް އދން ބުނެއެވެ. 2050 އަންނަ އިރު ޗައިނާގެ ރިޓަޔަރ ވެފައިވާ މީހުންގެ ނިސްބަތް އުޅޭނީ 44 އިންސައްތައިގައެވެ. އެއާއެކު ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އިގްތިސާދަށް އޭގެ އިންތިހާއަށް ނޭދެވޭ އަސަރު ކުރާނެއެވެ.

އިގްތިސާދީ ތަޖުރިބާ ކާރުން ބުނާ ގޮތުގައި އާބާދީ އިތުރުވާ ނިސްބަތް މިހާރު މިއޮތް ގޮތުން އިގްތިސާދުގެ ދިރުމަށްވެސް އަސަރު ކުރާނެއެވެ. އަދި ޓެކްސް ލިބޭ މިންވަރަށް އަސަރު ކުރުމުގެ ސަބަބުން ސަރުކާރަށް ޚަރަދުތައް ހިފަހައްޓަން މަޖުބޫރުވާނެ ކަމަށްވެސް މި ފަރާތްތަކުން އަންދާސާ ކުރެއެވެ. .

މިހާރު ކަންތައްތައް ފެންނާން މިއޮތް ރޭޓްގައި ޗައިނާއަށް އެމެރިކާ ޖަހާލެވޭނެ ކަމަކަށް އަންދާސާއެއް ނުކުރެވެއެވެ. ހަމައެއާއެކު ޗައިނާގެ ރައީސްގެ ވަރަށް ބޭނުންތެރި މަޝްރޫއެއްކަމުގައިވާ ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓުންވެސް ހާސިލުކުރަން ބޭނުންވާ މަގްސަދު ހާސިލުކުރުމަށް ހުރަސް އެޅިގެންދާނެއެވެ. މިއީ ޗައިނާގެ އިގްތިސާދީ އަސްކަރީ ނުފޫފަތުރައި ބާރު ދެއްކުމުގެ މަގްސަދުގައި ދުނިޔޭގެ ހުރިހައި ބިތަކަށް ޗައިނާގެ ފައި ލުމަށް ޝީ ރާވާފައިވާ މަޝްރޫއެކެވެ.

މި އަންދާސާތަކުގެ އަލީގައި ފެންނަނީ ޗައިނާގެ އާބާދީ 2050ގައި 1.36 ބިލިއަން ގައި އުޅޭނެ ކަމަށެވެ. މިއީ ޗައިނާގެ ވަޒީފާ އަދާކުރާ އުމުރުގެ އާބާދީން 200 މިލިއަން މަދު އަދަދެކެވެ. އިގްތިސާދީ ގޮތުން ޗައިނާ ކުރިއަށް ދެމިގެން ދިޔައީ އުފެއްދުންތެރިކަމުންނެވެ. އުފެއްދުންތެރިކަމުގައި ޗައިނާގެ ބައިބޯ އާބާދީގައި އަގު ހެޔޮކޮށް ލޭބަރުން ލިބުނެވެ. މީހުން މަދުވުމުން މަސައްކަތް ކުރާނެ މީހުން މަދުވުމުން ލޭބަރުންގެ އަގު މަތިވެގެން ދާނެއެވެ. ނަތީޖާއެއްގެ ގޮތުން އުފައްދާ މުދަލުގެ އަގު މަތިވާނެއެވެ. އަދި ދުނިޔޭގެ ބާޒާރުގައި އަގުހެޔޮ މުދަލާ ވާދަ ކުރަން އުދަގޫ ވާނެއެވެ.

ވަރލްޑް ބޭންކުން ބުނާ ގޮތުގައި ޗައިނާ މިސްރާބް ޖަހާފައި ވަނީ ލޭބަރުންގެ ތަދުމަޑުކަމެއް އިހުސާސް ކުރާނެ އިގްތިސާދަކާ ދިމާއަށެވެ.