ބޭނުންވާ ތަކެތި

250 ގުރާމް ޗޮކްލެޓް

125 ގުރާމް ހަކުރު

4/1 ޖޯޑު ފެން

5 ބިހުގެ ހުދުބައި

5 ބިހުގެ ރީނދޫބައި

200 އެމް އެލް މިލްކް

2 މޭޒުމަތީ ސަމުސާ ޖެލެޓިން

1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

2 ޖޯޑް ވިޕިން ކްރީމް ( ސެޓްކޮށްފައި)

ވަރަށް ކުޑަ ލޮނު ކޮޅެއް

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ބިހުގެ ހުދުބައި ވަކިކޮށްފައި ތައްޓަކަށް އަޅާފައި ބަހައްޓާށެވެ. ދެން ޗޮކުލެޓް ކިރާއެކު (އުނދުންމަތީގައި ބަހައްޓައިގެން) ދިޔާ ކުރާށެވެ. ދެން ޖެލެޓިން ކޮޅުވެސް ދެ ސަމުސާ ފެން އަޅައިގެން ދިޔާ ކުރުމަށްފަހު އެއާ އެއްކޮށްލާށެވެ. އެއަށްފަހު ބިހުގެ ރީނދޫބައި ގިރާފައި ޗޮކްލެޓް ހޫނުކޮށް ހުއްޓައި އޭގެ ތެރެއަށް އަޅާފައި ހިހޫކުރަން ބަހައްޓާށެވެ.

ދެން ހަކުރާއި ފެންފޮދު ކައްކަން އުދާށެވެ. އަދި ބިހުގެ ހުދުބައި ގިރަމުން އޭގެ ތެރެއަށް އަޅާ އެއްކޮށްލާށެވެ. ހަކުރު ފެންފޮދު އަޅާ އެއްކުރަމުންދާއިރު ގިރާނީ ވަރަށް މަޑުންނެވެ. ދެން އިރު ކޮޅަކު ގިރުމަށްފަހު ފޯމަށްވަންދެން ވަރަށް ބާރަށް ގިރާލާށެވެ. އެއަށްފަހު ޗޮކްލެޓް އެއްޗާއި އެއްކޮށްލާށެވެ. އޭގެ ފަހުގައި ވިޕިން ކްރީމާއި އެސެންސްވެސް އެއްކޮށްފައި ފްރިޖްގައި 2 ގަޑި އިރު ވަންދެން ބަހައްޓާށެވެ.