ކޮވިޑް-19ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ،، މަރުވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އައި އުމުރުން 82 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އޭނާ މަރުވީ މިއަދު 11:12 ހާއިރުކަމަށެވެ.

މިއީ ކޮވިޑް-19ގައި ރާއްޖެއިން މަރުވި 68 ވަނަ މީހާއެވެ. އެންމެ ފަހުން ރާއްޖެއިން މީހަކު މަރުވެފައި މާރިޗް މަހުގެ 31 ވަނަ ދުވަހުއެވެ. ރާއްޖެއިން މިހާތަނަށް މަރުވި 68 މީހުންގެ ތެރޭގައި ހިމެނެނީ 60 ދިވެހިންނާއި 8 ބިދޭސީންނެވެ.