ބޭނުންވާ ތަކެތި

6 ޖޯޑް ބަތް

2/1 ޖޯޑު ލީކްސް

100 ގުރާމު ކުކުޅު (ބޯންލެސްޗިކަން)

100 ގުރާމު ގެރިމަސް

1 މޭޒުމަތީ ސަމުސާ ލުނބޯ ޖޫސް

ރަހަލާ ވަރަށް ލޮނު

1 ފިޔާ

1 ބެލްޕެޕަރ (ކުޑަ)

2 މޭޒުމަތީ ސަމުސާ މިރުސް ހަވާދު

2 ގްރީން ޗިލީ

1 އިންޗި އިނގުރު (ޗިސްކޮށްފައި)

2/1 ޗިކަން ސްޓޮކް

1 ސައި ސަމުސާ މިރުސް (ރާޅުކޮށް މުގުރާފައި)

1 ސަމުސާ މުގުރި އަސޭމިރުސް

3 ލޮނުމެދު ( ޗިސްކޮށްފައި)

1 ޖޯޑު ކަންކުން ފަތް

3 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

1 މޭޒުމަތީ ސަމުސާ ފިޝް ސޯސް

1 މޭޒުމަތީ ސަމުސާ ހޮޓް ޗިލީ ސޯސް ނުވަތަ ޗިލީޕޭސްޓް ތައްޔާރު ކޮށްލައިގެން

1 ސައި ސަމުސާ ރީނދޫ

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ބޯންލެސް ޗިކަންއާއި ގެރިމަސް ކުދިކޮށް ކޮށުމަށްފަހު ރީނދޫ، ލުނބޯ ލޮނު އެއްކޮށްލާށެވެ. އެއަށްފަަހު މެރިނޭޓް ކުރުމަށް 10 ވަރަކަށް މިނެޓް ބަހައްޓާށެވެ. ދެން ތެއްޔެއްގައި ތެޔޮ ފޮދެއް އުނދުންމައްޗަށް އުދައި އޭގެ ތެރެއަށް މުގުރި މިރުސްކޮޅު އަޅާފައި އިރުކޮޅެއް ފަހުން ފިޔާ ލޮނުމެދު އިނގުރު ވެސް އަޅާލާށެވެ. އަނެއްކާވެސް އިރުކޮޅަކުން މަސްކޮޅު ވެސް އަޅާލާށެވެ. ދެން މަސްކޮޅު ރޯފިލުމުން ޗިކަން ސްޓޮކް، މިރުސް، އަސޭމިރުސް، ހަވާދު، ޗިލީ ޕޭސްޓް އަދި ތަރުކާރީކޮޅު އަޅާލާށެވެ. ދެން އަނެއްކާވެސް އިރުކޮޅަކު ކައްކާލުމަށްފަހު ހުރިހާ ސޯސްތަކެއް އަޅާފައި ބާކީ ހުރި ފަތްކޮޅާއި ބަތްކޮޅު ވެސް އަޅާ އެއްކޮށްލާށެވެ.

މި ބަތް ތައްޔާރު ކުރާއިރު ތަރުކާރީ ކޮށާނީ ހިމަ ދިގު ކޮށެވެ. އަދި ތަރުކާރީ އެހާ ބޮޑަށް މަޑެއް ނުކުރާނެއެވެ.