ބަރަކާތްތެރި ރަމަޟާން މަހަކީ ރޫޙާނީ ފައިދާތަކާއި ޖިސްމާނީ ފައިދާތަކާއި އިޖްތިމާޢީ ފައިދާތަކުން ފުރިފައިވާ، އާދަޔާ ޚިލާފު މައްސަރެކެވެ.

މި ފައިދާތައް އެންމެ ފުރިހަމަގޮތުގައި ޙާޞިލްކުރުމަށްޓަކައި، މި ދަންނަވާ ކަންތައްތަކަށް ސަމާލުކަން ދެއްވާށެވެ!

- ރޯދައަށް ހުރުމަށްފަހު، ބަލިވެ، ލޮޑުވާވަރަށް ނުކާށެވެ! އެހެނީ އެއީ އަޅުކަންތަކަށް ހުރަސް އެޅޭކަމެކެވެ.

- ތިބާއަށް ކުޅަދާނަ ވެގެންވާ މިންވަރަށްވުރެ ، ޤުރްއާން ކިޔެވުމާއި ޛިކުރު ކުރުމާއި، ރޭއަޅުކަން ގިނަ ނުކުރާށެވެ! 30 ދުވަހުގެ ދުވުމުގެ ރޭހެއް ފައްޓާ މީހާ، ރޭސް ފެށުމާއެކު، ކަށިން ހިތްވަރު ނަގައިގެން ދުއްވައިގެންފިނަމަ، ފުރަތަމަ ދުވަހު، ހުރިހާ ހަކަތައެއް ހުސްވެ، 30 ދުވަސް ނިމިގެންދާއިރު، ރޭހުގެ އެންމެ ފަހަތަށް ވެއްޓިދާނެކަން ހަނދުމަ ބަހައްޓާށެވެ!

- ބޭކާރު ކަންތައްތަކާއި ފައިދާއެއް ނެތް ކުޅިވަރުތަކުގައި ވަގުތު ހޭދަ ކުރުމުގެ ބަދަލުގައި، ލިބިފައިވާ ރަނުގެ ފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފޭތޯ މަސައްކަތް ކުރާށެވެ!

ﷲ ތަޢާލާ، މި ބަރަކަތްތެރި މައްސަރުގެ ބޭނުން، ހެޔޮ ގޮތުގައި ހިފުމުގެ ފުރުޞަތު އަޅަމެނަށް މިންވަރުކުރައްވާށިއެވެ! آمين.