ކޮވިޑް ޖެހިގެން ރާއްޖެއިން މިއަދު ދެވަނަ މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ހަވީރު 4:00 ހާއިރު، އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމަށް ގެނައި އެއްވެސް ހަރަކާތެއް ނެތް މީހަކު މަރުވެފައިވާ ކަމަށެވެ. އަދި އެ މީހާ ކޮވިޑަށް ޓެސްޓްކުރިއިރު، ޕޮޒިޓިވް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެއީ ކޮވިޑް މަރެއް ކަމަށް އެޗްޕީއޭ އިން ވަނީ ކަނޑައަޅާފަ އެވެ.

މަރުވި މީހާ އަކީ 86 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއީ ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި 69 ވަނަ މީހާ އެވެ.

މިއަދު ފުރަތަމަ ކޮވިޑްގައި މަރުވީ މިއަދު ހެނދުނު އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔަ 82 އަހަރުގެ އަންހެނެކެވެ.