ބޭނުންވާ ތަކެތި

14 ޗިޕްސްމޯ ބިސްކޯދު ( ބޮޑު )

2/1 1 ޖޯޑް ވިޕް ކްރީމް

3 މޭޒުމަތީ ސަމުސާ ގެރިކިރު

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ވިޕް ކްރީމް ވަރަށް ބޮޑަށް ވިޕް ކޮށްލާށެވެ އެއަށްފަހު ގެރިކިރު އަޅާލާފައި އެއްކޮށްލާށެވެ. ދެން ޕުޑިން ހަދާ ތަށީގައި ވިޕް ކްރީމް ލެޔާ އެއް އަޅާށެވެ. އެއަށްފަހު ބިސްކޯދު ލެޔާ އެއް އަތުރާލާށެވެ. މިގޮތަށް އަތުރަމުން ގޮސް އެންމެ ފަހުން ވިޕްކްރީމް ލެޔާ އެއް އެޅުމަށް ފަހު އޭގެ މައްޗަށް ބިސްކޯދެއް ( އަތުން ) ފުނޑުކޮށްލުމަށްފަހު ބުރުވާލާށެވެ.