ބޭނުންވާ ތަކެތި

3 ޖޯޑު ހަނޑޫ

3 އިންޗި ފޮނިތޮށި

4 ކާފޫރު ތޮޅި

1 ޖޯޑު ކާށި ކިރު

2 ފިޔާ

3 މޭޒުމަތީ ސަމުސާ ގޮތެޔޮ

4 އިންޗީގެ 2 ބުރި ރާނބާފަތް

3 މޭޒުމަތީ ސަމުސާ ކުކިން އޮއިލް

މާފެންފޮދެއް

ތައްޔާރުކުރާނެ ގޮތް

ހަނޑޫ ފެނުއަޅާ ފޯކުރުމަށްފަހު ވަރަށް ހިމުން ކޮށް މުގުރާށެވެ. އަދި ފޮނިތޮށި ކާފޫރުތޮޅިވެސް ހިމުންކޮށް މުގުރާށެވެ. އެއަށްފަހު ތެއްޔަކަށް ކިރާއި ފުށާއި ހަކުރާއި ހިމުންކުރި ފޮނިތޮށި ކާފޫރުތޮޅި އަޅާ ރަނަގަޅަށް އެއްކުރާށެވެ. އެއަށްފަހު ރާނބަފަތުން ފެންކައްކާފައި އޭގެ ފެންޖޯޑަކާއި މާފެން ޖޯޑެއް އަދި ބޯކިރު ޖޯޑެއްވެސް އަޅާށެވެ. އެއްފަހު ހުރިހާއެއްޗެއް އެއްކޮށް ރަނގަޅަށް ފުށްގަނޑު ގިރާލާށެވެ. ދެން ކަނަމަދު ކޮޅު ބޮޑެތިކޮށް ކޮށާލުމަށްފަހު ފުށްގަނޑު ހިލާލާށެވެ. ފުށްގަނޑު ހިލާއިރު ކަނަމަދު ކޮޅު އަޅާލާށެވެ. އެއަށްފަހު ގިތެޔޮ ކޮޅާއި ތެޔޮ އަޅައިގެން ފިޔާކޮޅު ރަތްކޮށްލާށެވެ. ފިޔާކޮޅު ރަތްވުމުން ފުށްގަޑަށް އަޅާލާށެވެ. ފުށްގަނޑު ހިކޭނަމަ ބޯކިރު ނޫނީ މާފެން އަޅައިގެން ތެއްކޮށްލާށެވެ. ރަނގަޅަށް ހިލުމުން ބޯކިބަ އަޅާ ތަވައެއްގައި ގިތެޔޮ ކޮޅެއް އުނގުޅުމަށްފަހު އޭގައި ފުށްގަނޑު ފަތުރާލާށެވެ. ދެން އޮމާން ކުރުމަށްފަހު ތުނި ތުނި ކޮށް ފިޔާކޮޅެއް ކޮށާ ބޯކިބަ ފުށްގަނޑު މައްޗަށް އަޅާލާށެވެ. އެއަށްފަހު ބޯކިބާ ފިހެލާށެވެ. ކުޑަކޮށް ފިހެވުމުން ފުށްގަނޑުގެ ކުލަ ބަދަލުވާނެއެވެ.