ނުރައްކާތެރި ސެލެބްރިޓީޒްގެ ލިސްޓެއް މެކާފީން ހާމަކޮށްފިއެވެ. އެއް ވަނައިގައި އުޅެނީ ރޮނާލްޑޯ އެވެ. މި ލިސްޓަކީ އިންޑިއަން ސަބްކޮންޓިނެންޓްގެ ލިސްޓެއް ކަމުން މީގައި ދެވަނައިން ފެށިގެން އުޅެނީ ބޮލީވުޑްގެ ތަރިންނެވެ.

ފުރަބަންދާ ގުޅިގެން ގިނަ ބަޔަކު ވަނީ އޮންލައިން މުނިފޫއްސާއި މަޢްލޫމާތުގެ ރަސްމަގުގައި ގިނަ ވަގުތު ހޭދަކުރަން ދެވި ހިފާފައެވެ.

ވަގުން ވަނީ މިފަދަ ފުރުސަތުގެ ބޭނުން ހިފައިގެން އެމީހުންގެ މަސައްކަތްވެސް ފަހިކޮށްފައެވެ.

އެންމެ ނުރައްކާތެރި ސެލެބްރިޓީ ސަރޗްގައި ކްރިޓީއާނޯ ރޮނާލްޑޯ ހިމެނޭ އިރު ދެ ވަނައިގައި އުޅެނީ ތާބޫ (ތަބައްސުމް ނާޒް)އެވެ. އަދި އެއަށްފަހު

އެންޓިވައިރަސް ސޮފްޓްވެއަރ އުފައްދާ މެކާފީން ސެލެބްރެޓީންގެ ނުރައްކާތެރިކަމާ ބެހޭ ލިސްޓް ދޭތެރޭން ހާމަ ކުރެއެވެ.

ހަގީގަތުގައި މިއީ އެމީހުން ނުރައްކާ ވެގެނެއް ނޫނެވެ. ނަމަވެސް އެމީހުންގެ ފޭނުން އެމީހުންގެ ވާނުވާ ބަލަން މަޢްލޫމާތު ހޯދާއިރު އޭގެ ނިވަލުގައި ވަގުން މީހުންގެ ޒާތީ މަޢްލޫމާތު ވަގަނށް ނެގުމަށް ސަވާރުވެގަންނާތީ އެކަން މެކާފީން މީހުންގެ ސަމާލުކަމަށް ގެންނަނީއެވެ.

ރޮނާލްޑޯއަށް ފަހު ދެވަނައިގައި އޮންނަ ތާބޫއަށް ފަހު ތިން ވަނައަށް މެކާފީގެ ނުރައްކާ ލިސްޓްގައި އުޅެނީ ޕިންކްއާއި ތައްޕަޅްގައި މަޝްހޫރު ނޯޓީ އަންހެން ކުއްޖާ، ތާޕްސީ ޕަންނޫއެވެ. އޭނާގެ ފަހަތަށް އަންނަނީ، އަނޫޝްކާ ޝްރުމާއާއި ސޮނާކްޝީ ސިންހައެވެ.

އަނގަ ގަދަ ސާރާ އަލީ ޚާން ހަތް ވަނައިގައި އޮތް އިރު ޝާޚް ރުޚްޚާން އުޅެނީ ނުވަ ވަނައިގައެވެ.

އިންތަރނެޓްގައި ޖަރީމާ ހިންގަން ފާރަލާ މީހުން، މިމީސް މީހުންގެ ފޭނުން އަތުން ވައްކަން ކުރަންވެގެން އެމީހުންގެ ކްލިޕް ތަކާއި ވީޑިއޯތައް ހިލޭ ޑއުންލޯޑް ކުރެވޭ ގޮތް ހަދައި އޭގައި އެމީހުން ބޭނުންވާ ނުރައްކާތެރި ބަގްތައް އެކުލަވާލައި މީހުންގެ ސިސްޓަމާއި ޑޭޓާއަށް ޖާސޫސްކުރަން އެތަކެތި އިންދަނީއެވެ.

އިންޓަރނެޓްގައި ރައްކާތެރިކަމާއި ސަމާލުކަމަށް ޓަކައި ހިލޭ ލިބެން ހުން ތަކެއްޗަށް ފާރަވެރިވެ ސަމާލުވާން ވީއެވެ. އަދި ކޮންމެ ކޮންމެ އެއްޗަކަށ ކްލިކްކޮށް، ކޮންމެ ކޮންމެ އެއްޗެއް ޑައުންލޯޑްކޮށް ލޯ ސާފުކޮށްވެސް ނަހަދަންވީއެވެ.

ޝައްކު އުފެދޭ ތަކެއްޗާއި ގާނޫނާ ޚިލާފް ކޮންޓެންޓުން ދުރުހެލިވެ ތިބުމަކީ މިފަދަ ނުރައްކާތކުން ސަލާމަތް ވާނެ ގޮތެކެވެ.