ރޯދަ މަހަކީ އަޅުގަނޑުމެންގެ ޙަޔާތުގައި އަންނާނެ އެންމެ މާތް މަހެއެވެ. އެއީ އަޅުކަމުގެ މަހެވެ. މި މަހަކީ ރަނގަޅުގޮތުގައި ބޭނުން ހިފައިފި މީހަކަށް ހާސް ފައިދާ ކުރުވަނިވި މަހެކެވެ.

އަޅުގަނޑުމެން ދިވެހިންގެ ދިރިއުޅުން ހުރީ ސިއްހީ ގޮތުން ދުޅަހެޔޮ ގޮތަކަށްތޯއެވެ؟ އަޅުގަނޑުމެންގެ ކެއުން ބުއިމުގެ ވައްޓަފާޅި ހުރީ ރަނގަޅަށް ތޯއެވެ. އަޅުގަނޑުމެންގެ ކެއުމުގައި ތެލާއި، ހަވާދާއި ، މިރުސް ބޭނުން ކުރަނީ އެންމެ ރައްކާތެރި މިންގަނޑަށްބާވައެވެ. ދިވެހިން ރޯދަ ވީއްލާ ގަޑީގައި ގިނައަދަދަކަށް ހެދިކާ ކައެވެ. އަދި ހަކުރުން ފޮނިކޮށްފައިހުންނަ ދެ ތިން ތަށި ފަނިވެސް ބޮއެވެ. ދެން މަޣުރިބް ނަމާދުކޮށް ނިމިގެން ރޮށްޓާއި ރިހަ، ތެލުލި މަހާއި ފިހުނު މަހެވެ. މި ދެ ކެއުން ދެމެދުގައި 30 މިނެޓްވެސް ނުވާނެއެވެ. އޭގެ ފަހުން 3 ގަޑިއިރު ނުވަނީސް ތަރާވީސް ދަމުގެ ނަމުގައި ކެއުމެއް އޮންނާނެއެވެ. ގިނަ އަދަދަކަށް މޭވާއާއި ތަރުކާރީ ވެސް ސުފުރާ މަތީގައި ހުންނާނެއެވެ. ނަމަވެސް ކެއުން ބުއިމުގެ މި އާދަތަކަކީ އެންމެ ރަނގަޅު އާދަކާދަ ކަމުގައި ދެކެންތޯއެވެ. ދުންފަތުގެ އިސްތިޢުމާލު ކުރާ ނުވަތަ އޭގެ އަސަރު ފޯރާ ފަށުގައި އުޅޭ މީހުންގެ ހަށިގަނޑަށް ލިބޭ ގެއްލުން ތަކަކީ އެންމެ ބުރަ މަސައްކަތުން އިއާދަ ކުރެވޭނެ ކަންކަމެވެ.

ރޯދަމަސް ނޫން މަސްމަހަށް ބަލާލާ އިރު ދުޅަހެޔޮ ދިރިއުޅުމެއް އުޅެވެނީ ބަލިވެގެން ޑޮކްޓަރަކު ބުނެގެން ނޫންތޯއެވެ. ކެއިން ބުއިމުގެ ވައްޓަފާޅި ހުންނަ ގޮތުން ހަށިގަނޑުގެ ގުނަވަންތަކަށް ބޭނުންވާ މާއްދާތައް ނުލިބި އެތަކެއް ގެންލުމެއް ހުންނަނީ ލިބިފައެވެ. މި ގެއްލުމުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ކުރުކޮށްލުމުގެ ގޮތުން ހަށިގަނޑުމަރާމާތު ހިނގާ ގޮތް ލިޔެލާނަމެވެ.

ކެއުމަށްޓަކައި ކުޑަ ވަގުތުކޮޅެއް ލިބިފައިވާ އިރު ކާތަކެއްޗަކީ ހަށިގަނޑަށް ފައިދާ ހުރި ކާތަކެތި ކަމުގައި ވާން ޖެހޭނެއެވެ. މި ގޮތުން ފުރަތަމަ ކަމަކަށްވެސް ޕްރޮސެސް ކޮށްފައި ހުންނާ ކާތަކެތި ބޭނުން ކުރުން ހުއްޓާލާށެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ރޭގަނޑަށް ބަހާލައިގެން ފެން ބޯން އާދަ ކުރާށެވެ. ޖޫސް ބޯނަމަ އެ ޖޫހަކީ ހަކުރު ނާޅާ ޖޫސް ކަމުގައި ވާން ޖެހޭނެއެވެ. އެންމެ އެދެވޭ ގޮތަކީ ބުއިމެއްގެ ގޮތުގައި ފެން ބުއިމާއި ޖޫހުގެ ބަދަލުގައި މޭވާ ކޮށައިގެން ކެއުމެވެ. ކެފެއިން ހުންނަ ކަޅުސައި ، ކޮފީ ވެސް ހުއްޓާލާށެވެ. ހަށިގަނޑުގެ މަރާމާތަށް ފުރިހަމަކަން ގެނައުމަށްޓަކައި 6 ގަޑިއިރު ނިދި ހަމަވާނެ އިންތިޒާމެއް ހަމަޖައްސަންވާނެއެވެ.

ފުރަތަމަ ރޯދައާއި އެކު ހަށިގަނޑު މަރާމާތު ކުރުމުގެ މަސައްކަތް ފެށިގެން ދެއެވެ. ފުރަތަމަ ދުވަސްތަކުގައި ހަށިގަނޑުގެ ހަކުރުގެ މިންވަރާއި ޕްރެޝަރ ކޮންމެވެސް ވަރަކަށް ދަށްވާނެއެވެ. ހަށިގަނޑުގައި ހުރި ނުރައްކާތެރި ބައެއް މާއްދާތައް ސާފު ކުރުމުގެ މަސައްކަތް ފެށިގެން ދާ އިރު ބޮލުގައި ރިހުމާއި އެނބުރުން އެރުން، މޭނުބައި ކުރުން އަދި އާދަޔާ ޚިލާފަށް ބަޑުހައިވުން ހިމެނެއެވެ.

ދެވަނަ މަރުހަލާގައި ރޯދަހިފުމުގެ ތާވަލަށް ހަށިSelect Photo from Libraryގަނޑު ހޭނެން ފަށައެވެ. އަދި ހަޖަމް ކުރުމުގެ ނިޒާމަށް ލުއިކަން ލިބެއެވެ. މި ހާލަތުގައި ހަށިގަނޑުގެ ސެލްތައް މަރާމާތު ފެށި ލޭގައިވާ ހުދު ސެލްތަކުގެ ޙަރަކާތްތައް އިތުރުވެއެވެ. މިއާއެކު ގުނަވަންތަކަށް ތާޒާކަން ލިބި ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމުގެ މަސައްކަތް ފެށެއެވެ.

ފޮޓޯ- ނެޝަނަލް ފުޑުސޭފްޓީ

ތިންވަނަ މަރުހަލާގައި ހަށިގަނޑުގެ ހަކަތަ އިތުރުވެއެވެ. ނަފްސާނީ ދުޅަހެޔޮކަން އިތުރުވެ ވިސްނުމާއި ސަމާލުކަން އިތުރުވެ ގޮތް ނިއްމުމުގެ ބާރު އިތުވުން ފަދަ އެތައްކަމެއްވެ ދުޅަހެޔޮކަން އިތުރުވެއެވެ. ގޮހޮރާއި ، ފުރަމޭ، ކިޑްނީ އަދި ފުއްޕާމޭގެ މަސައްކަތް ފުރިހަމަވެ ހަށިގަނޑުގައިވާ ޓޮކްސިންތައް ބޭރުކުރުމުގެ މަސައްކަތަށް އިތުރު ފުރިހަމަކަން އާދެއެވެ.

ފަހުދިހައަކީވެސް އާދަޔާއި ޚިލާފް ބަދަލުތަކެއް ހަށިގަނޑަށް އަންނަ ދުވަސްވަރެކެވެ. މި ދުވަސްވަރު ވިސްނުން ތޫނުވެ، ހަނދާން ގަދަވުމުގެ ބާރު އިތުރުވެއެވެ. މި ދުވަސްތަކުގައި ހަށިގަނޑުގައިވާ ޓޮކްސިންތައް ބޭރު ކުރެވި ގުނަވަންތަކުގެ މަސައްކަތް ފުރިހަމަވެއެވެ.

މީގެ އިތުރުން ހަށިގަނޑަށް ލިބޭ ފައިދާ ތަކުގެ ތެރޭގައި ބަރުދަން ލުއިވުމާއި، ޑީއެން.އޭ ރައްކާތެރިވުމާއި، އިންސިއުލިންގެ މަސައްކަތް ފުރިހަމަވުމާއި ހަށިގަނޑުގައި ހަކުރުގެ މިންވަރު ހިފެހެއްޓުމާއި، ސިކުނޑީގެ މަސައްކަތް އިތުރުވުމާއި، ހަށިގަނޑުގައިވާ ހޯމޯން ތަކަށް ރަނގަޅު ބަދަލެއް އައުން ކަހަލަ އެތައް ހާސް ފައިދާތަކެއް ވެއެވެ.

މަތީގައިވާ ފައިދާތަކަކީ މާތްﷲ ރޯދަވެރިންނަށް ދެއްވާ އިނާޔަތެކެވެ. ނިޢުމަތެކެވެ. މި ނިޢުމަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްޓަކައި ރޯދަ މަހު އާދަޔާ ޚިލާފަށް ދުންފަތުގެ އިސްތިޢުމާލު ކުރާ ކުރުން ހުއްޓާލަން ޖެހެއެވެ. ދުންފަތުގެ ދުމުން ރައްކާތެރިކަން ޤާއިމްވާން ޖެހެއެވެ. ދުންފަތުގެ އިސްތިޢުމާލުކޮށްގެން އައުމުގެ ސަބަބުން ތާޑް ހޭންޑު ސްމޯކިންގ ގެ ގެއްލުން ކުޑަވާން ޖެހެއެވެ. މީގެ އިތުރުން ކުއުމުގައި ފައިދާ ހުރި ކާނާ ބޭނުން ކުރަން ޖެހޭނެއެ. ގަވާއިދުން ނިދުމާއި ބޯން ޖެހޭ މިންވަރަށް ފެން ބޯން ޖެހޭނެއެވެ. ގަވާއިދުން ކަސްރަތު ކުރަންވާނެއެވެ. ހަށިގަނޑުގެ މަރާމާތުތަކަށް ފުރުސަތު ދީ އިތުރަށް ބުރަބޮޑުވިޔަ ނުދިނުމަށްޓަކައި މަތީގައިވާ ކަންކަން ކުރާށެވެ.