ބޭނުންވާ ތަކެތި

3 ޖޯޑު ފުށް

4/1 މޭޒުމަތީ ސަމުސާ ލޮނު

2 މޭޒުމަތީ ސަމުސާ ހިކި ކިރު

1 މޭޒުމަތީ ސަމުސާ ޔީސްޓް

2 މޭޒުމަތީ ސަމުސާ ހަކުރު

3 މޭޒުމަތީ ސަމުސާ ބަޓަރ ނޫނީ މާޖިރިން ނޫނީތެޔޮ

1 ޖޯޑު ތާފަނާފެން

ތައްޔާރުކުރާނެ ގޮތް

ޔީސްޓް ކޮޅު ތާފަނާ ފެންފޮދަކަށް އަޅާފައި 15 ވަރަކަށް މިނެޓް މަތިޖަހާފައި ބަހައްޓާށެވެ. އެއަށް ފަހު ފުއް މޮޑޭނެ ތައްޓެއްގައި ހަކުރާއި ކރު އަދި ފެން އެއްކޮށްލާށެވެ. އެއަށްފަހު ފުއް ކޮޅުގެ ތެރެއަށް ލޮނު ބަޓަރ އަދި ބާކީ ހުރި ހުރިހާ އެއްޗެއް އަޅައި ރަނަގަޅަށް )10 ވަރަކަށް މިނެޓް ވަންދެން( މޮޑެލާށެވެ. އެއަށްފަހު ރަނގަޅަށް މަތި ޖެހޭ އެއްޗެއްގައި ބައި ގަޑި އިރު ނުވަތަ 45 މިނެޓް ބާއްވާށެވެ. ރަނގަޅަށް މޮޑެވިފައިވާނަމަ، ފުށްގަނޑު އޮންނާނީ ވަރަށް ބޮޑަށް ފުފިފައެވެ. ދެން ގުޅަ ޖަހާފައި ޓްރޭއެއްގައި 15 ވަރަކަށް މިނެޓް ބަހައްޓާށެވެ. އެއަށްފަހު ގުޅަތަކުމަތީ ބިސް ނޫނީ ފުލް ކްރީމް އުނގުޅާލާށެވެ. ދެން އަވަން ހޫނު ކުރުމަށްފަހު 200 ޑްގްރީ ހޫނު މިނުގައި ބަހައްޓައިގެން 30 މިނެޓް ވަންދެން ފިހެލާށެވެ.

ބަނަސްތައް ފިހެވުމުން ނަގާ ހޫނުކޮށް ހުއްޓާ ބަޓަ ކޮޅެއް އުނގުޅާލާފައި ތުނި ފޮތިކޮޅެއް މަތީގައި އަޅާފައި ބެހެއްޓުމުން މަޑުވާނެއެވެ.