ބޭނުންވާ ތަކެތި

3 ޖޯޑު ހަނޑޫ

2 ފިޔާ

1 ގޮތެޔޮ މޮރުސް

1 ޖޯޑު މުރަނަގަފަތް

2 މޭޒުމަތީ ސަމުސާ ރިހާކުރު

5 ރޯމިރުސް

2 ލުނބޯ

6 ހިކިމިރުސް

1 ކާށި

1 އިންޗި ރޯ އިނގުރު

3 ހިކަނދިފަތް

ކުޑަ ދިރިކޮޅެއް

ރަހަލާވަރަށް ލޮނު

ކުލަ ހިފާވަރަށް ރީނދޫ

ތައްޔާރުކުރާނެ ގޮތް

ހަނޑޫ ފޯކުރުމަށްފަހު ސާފުކޮށް ދޮވެލާށެވެ. އެއަށްފަހު ދިރިކޮޅާއި ހިކިމިރުސްކޮޅު ރަނަގަޅަށް ހިމުން ކޮށްލާށެވެ. ދެން ކާށިން ހުނި ގޭނުމަށްފަހު ކުޑަ ހުނި ކޮޅެއް ލައިގެން ހަނޑޫ މުގުރާލާށެވެ. ދެން ހިކަނދިފަތާއި ފިޔާ މިރުސް ވަރަށް ތުނިކޮށް ކޮށާލާށެވެ. މުރަނގަފަތްކޮޅުވެސް ނޮޅާލާށެވެ. ދެން ކޮށި ހުރިހާއެއްޗެއް (މުރަނަގަފަތް ނޫން) ލޮނާއި ހުތް ޖަހައިގެން މޮޑެލާށެވެ. ދެން ބާކީ ހުރި ހުންޏާއި ރިހާކުރުވެސް އެއްކޮށް މޮޑެލާށެވެ. އެއަށްފަހު ހަނޑޫވެސް އެއްކޮށްލާށެވެ. ދެން ފޮޅިފިހެވޭނެ އޮލަމިނުގައި ބަހައްޓާފައި ހިމުންކުރި މިރުސްކޮޅު އަޅާ ލޮނު ހެޔޮވަރު ކޮށްލާށެއެވެ. ދެން މުރަނަގަފަތް ކޮޅު އެޅުމަށްފަހު ތަތްނުލަވާތަވައެއްގައި ތެޔޮ ފޮދެއް އުނގުޅުމަށްފަހު ފިހޭށެވެ.