ބޭނުންވާ ތަކެތި

16 ނޫނީ 18 މާރީ ބިސްކޯދު

2/1 1 އައިސިން ޝުގަރ

90 ގުރާމު ބަޓަރ

1 ދަޅު ނެސްޓަލް ކްރީމް

3 ސަމުސާ ކޮކޯޕައުޑަރ

ތައްޔާރުކުރާނެ ގޮތް

ބަޓަރާ އައިސިން ޝުގަރ އަދި ކޮކޯޕައުޑަރ ރަނަގަޅަށް އެއްކޮށް ގިރާލާށެވެ. އައިސިން ޝުގަރ ގަނޑު ކޮށް ފުށް ގޮތަށް ހުރިނަމަ ފުރާނާލަން ވާނެއެވެ. އެއަށްފަހު ނެސްޓަލްކްރީމް ދަޅުވެސް އަޅައި އެއްކޮށް ލާށެވެ. ޗޮކްލެޓްގަނޑު ވަރަށް ބޮޑަށް އޮމާން (ސުމޫތީ) ވީމާ ޕުޑިން ހަދާ ޓްރޭއެއްގައި ފުރަތަމަ ޗޮކްލެޓް ލެއާ އެއް އަޅާށެވެ. އެއަށްފަހު ބިސްކޯދު ލެއާ އެއް އަޅަމުން މިގޮތަށް 2 ނޫނީ 3 ލެއާ ހަދާލާށެވެ. ނިންމާލަންވާނީ ޗޮކްލެޓް ލެއާ އަކުންނެވެ. ބޭނުންނަމަ މައްޗަށް ޗޮކްލެޓް ގާނާލާފަ އެޅިދާނެއެވެ.

މާރީ ބިސްކޯދު އަތުރާއިރު ކުޑަ ކިރުފޮދަކަށް ލާން ވާނެއެވެ. އެހެންނަމަވެސް ބިސްކޯދު ފޯވިޔަ ދީގެން ނުވާނެއެވެ.