ފަސް ޕަސެންޓަށް ވުރެ ކޮވިޑު ޕޮޒިޓިވިޓީ ރޭޓު މަތިރަށްރަށް އާންމުކޮށްފި އެވެ.

އެޗްޕީއޭ އިން ރޭ އާންމުކުރި ލިސްޓުގައި ހިމެނެނީ ވެރިރަށް މާލެ އާއި ބ.މާޅޮސް، ޅ.ނައިފަރު، ތ.ވޭމަންޑޫ، ކ.ހުރާ، ކ.ދިއްފުށީގެ އިތުރުން އދ.މާމިނގިލީ އެވެ.

ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖެހުމުން މިއަދުން ފެށިގެން ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭ އުސޫލެއް އެޗްޕީއޭ އިން މިދިޔަ ހަފްތާގައި ވަނީ އާންމުކޮށްފަައެވެ.

އެޗްޕީއޭގެ އުސޫލު ބުނާގޮތުން އާބާދީގެ 60 ޕަސެންޓު މީހުންނަށް ކޮވިޑް ވެކްސިން ގެ ޑޯޒްތައް ހަމަވެފައިވާ ނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރުމަށް ހުޅުވައިލެވޭނެ އެވެ.

ފަސްދޮޅަސް ޕަސެންޓު މީހުންނަށް ކޮވިޑް ވެކްސިން ޑޯޒްތައް ހަމަނުވާ ރަށްރަށަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދެ ހަފްތާ ފުރިހަމަވެފައިވާ ފަރާތްތައް ކަރަންޓީނާ ނުލައި ދަތުރުކުރުމަށްހުޅުވައިލާނެ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.