ބޭނުންވާ ތަކެތި

70 ގުރާމް ބަޓަރ

½ 1 ޖޯޑް ފުށް

¼ 1 ޖޯޑް ހަކުރު

1 ސައިސަމުސާ ޕައިން އެޕަލް އެސެންސް

8 ފޮތި އަލަނާސި

ކުޑަ ލޮނުކޮޅެއް

3 ބިސް

ތައްޔާރުކުރާނެ ގޮތް

ހަކުރާއި ބަޓަރ ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ބިސް އެއްކުރާށެވެ. ދެން އެސެންސާއި (ބޭނުންނަމަ) ރީނދޫ ކުލަ ކޮޅެއްވެސް އެޅުމަށްފަހު ލޮނުކޮޅާއި، ފުށާއި ބޭކިންޕައުޑަރ އަޅާ އެއްކޮށްލާށެވެ. ދެން އަލަނާސި ފޮތިތައް ކޭކު ފިހާ ޓްރޭއެއްގަ ތެޔޮ އުގުޅާފައި ނޫނީ ބޭކިން ޕޭޕަރ އަޅާފައި އޭގައި އަތުރާލާސެވެ. އެއަށްފަހު ގިރި ކޭކްގެ ފުށްގަނޑު އަޅާލާފައި އަވަން ގައި ފިހެލާށެވެ. ކޭކު ފިހެ ނިމުމުން ކަފާނީ ފުށުން ޖަހާފައެވެ.