ރާއްޖޭގައި ކޮވިޑް 19 ގައި އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި އެޑިމިޓްކޮށްފައިވާ 80 އަހަރުގެ މީހެއް ކަމަށެވެ.

އެ މީހާ މަރުވީ ރޭ 11:25 ހާއިރު ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

މިއީ މިބަލީގައި މަރުވި 71 ވަނަ މީހާއެވެ.

ރައްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 26،505 އަށް އަރާފައެވެ. މި ބަލިން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 23،691 ގައެވެ.