ބޭނުންވާ ތަކެތި

4 އަލުވި

½ 1 ބައިދަޅު މަސް

1 ގިތެޔޮމިރުސް

1 ސައިސަމުސާ މުގުރި އަސޭމިރުސް

2 ފިޔާ

1 ލުނބޯ ( ބޮޑު)

ކުޑަ ލޮނުކޮޅެއް

8 ބިސް

ފާރޮށިކުނޑި

ތެޔޮ

ތައްޔާރުކުރާނެ ގޮތް

އެންމެފުރަތަމަ އަލުވި ރަނގަޅަށް މަޑުކުރާށެވެ. ބިސްތައްވެސް ކައްކާލާށެވެ. އެއަށްފަހު ފިޔައާއި މިރުސް ކޮށުމަށްފަހު ހުތާއި ލޮނު ޖަހައިގެން މޮޑެލާށެވެ. އެއަށްފަހު އަލުވި ތޮށިމެށުމަށްފަހު ޗަސްކޮށްފައި މަހާއި އަލުވި ވެސް އެއްކޮށް މޮޑެލާށެވެ. އެއަށްފަހު މުގުރި އަސޭމިރުސްވެސް އަޅާ މަސްގަނޑާއެއްކޮށްލާށެވެ. ދެން ތެއްޔަކަށް ތެޔޮފޮދެއް އަޅައި ތެޔޮ ފޮދު ހޫނުވުމުން މަސްގަނޑު އަޅައި ހަނާކޮށްލާށެވެ. އެއަށްފަހު ބިސްތައް ދެފަޅިއަށް ފަޅައި ލުމަށްފަހު ބިހުގެ އެއްފަޅީގައި މަސްގަނޑު ތަތްކޮށްލާށެވެ. އެއަށްފަހު އިތުރު ބިހެއް މުގުރި އަސޭމިރުސް އަޅައިގެންގިރާލާށެވެ. އެއަށްފަހު ތައްޔާރު ކުރި ބިސް ކަޓްލަސް އެ ބިހުގެ ތެރެއަށް ލުމަށްފަހު ނަގައި ފާރޮށި ކުނޑި އުނގުޅުމަށްފަހު ތެއްލާލާށެވެ.