ޗާޑްގެ ރައީސް އިދްރީސް ޑީބީ އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވީ އުތުރުގައި ހަނގުރާމަ ކުރަމުންދާ ބާޣީންނާ ދެކޮޅަށް ކުރާ ހަނގުރާމަ ހިނގަމުންދާ ގޮތް ބެއްލެވުމަށް އެސަރަހައްދުގައި އުޅުއްވަނިކޮށް، ހަނގުރާމައިގެ މައިދާނުގައެވެ.

އޭނާ އަވަހާރަވީ ހަވަނަ ރިއާސީ ދައުރަކަށް އިނތިޚާބްވެ ވަޑައިގަތްތާ އިރުކޮޅެއްގެ ތެރޭގައެވެ.

ސިފައިން ވަނީ ވަގުތުން ކޮމިޓީއެއް އެކުލަވާލައި ވަގުތީ ރައީސަކަށް ޑީބީގެ ދަރިފުޅު މުޙައްމަދު އިދްރީސް އައްޔަން ކޮށްފައެވެ. އަދި ވަގުތީ ސަރުކާރު ހިނގާނެ ގޮތްވެސް އިޢްލާން ކޮށްފައެވެ.

މުޙައްމަދު އަކީ ޕްރެޒިޑެންޝަލް ގަރޑުންގެ ވެރިޔާއެވެ.

ގުޅުން ހުރި ޚަބަރު:

ޗާޑް އަހުލީ ހަނގުރާމައަކާ ދިމާއަށް