ޗައިނާއިން ތަޖުރިބާގެ މަރުހަލާއަށް ވެސް ނެރެފައ ނުވާ ވެކްސިންތަކެއް ދީ ޓެސްޓްތައް ކޮށްފިއެވެ. މި ވެކްސިން ތަކުރިބާ ކުރި ކުންފުނިތަކުގެ ވެރިން ބުނެފައިވަނީ އެމީހުން ޓެސްޓްތައް ކުރީ އަމަލީ ގޮތުން ބައިވެރިވެ ނަމޫނާ ދެއްކުމުގެ ގޮތުން ކަމަށެވެ.

ޗައިނާ ނޭޝަނަލް ބަޔޯޓެކް ގްރޫޕުން ދެ ވެކްސިންއެއްގައި މަސައްކަތް ކުރަމުން ދެއެވެ. މި މީހުން ވަނީ އެކުންފުނީގެ މަތީ ފަންތީގެ 180 މީހަކަށް މި ވެކްސިން ތަޖުރިބާއަށް މާޗް މަހު ދީފައެވެ.

މިފަދަ ކަމަކަށް އިންކަރު ކުރުމަކީ ޗައިނާގައި ނާދިރު ކަމެކެވެ.

އާންމު ކޮށް މިހަކަލަ ތަޖުރިބާތަކުގައި އިސްނަގައިގެން ބައިވެރިވުމަކީ ގައުމީ ލޯބި ދެއްކުމަށާއި ސަރުކާރުގެ ދައިރާގައި މީހާގެ ނަންބަރު މަތިކުރުމަށް ކުރާ ކަމެކެވެ.

1972ގައި ޗައިނާއިން އުފެއްދި މެލޭރިއާ ބޭސްވެސް ފުރަތަމަ ބޭނުން ކުރީ އެ އުފެއްދި ސައިންޓިސްޓެވެ. ޕޯލިއޯ ވެކްސިނެއް އުފެއްދި މީހާ ފުރަތަމަ ޑޯޒް ދިނީ އޭނާއަށް އަލަށް ލިބުނު ދަރިފުޅަށެވެ.

ސީއެންޖީބީން ދަނީ އެކި ގައުމުތަކުގައި އެކި މަރުހަލާ ތަކުގައި މި ވެކްސިންތައް ޓެސްޓް ކުރަމުންނެވެ.

އިންސާނުންނަށް ޓެސްޓް ކުރާ ފައްތަރުގައި ޗައިނާގެ 4 ވެކްސިނެއް އެބަ އުޅެއެވެ.