ބޭނުންވާ ތަކެތި

8 ފޮތި ޕާން

1 ދަޅު ފެލިވަރުމަސް

1 ފިޔާ

6 ތޮޅި މިރުސް

1 ސައި ސަމުސާ އަސޭމިރުސް (މުގުރި)

4 ސްލައިސް ޗީޒް

4 ބިސް

2 މޭޒުމަތީ ސަމުމުސާ ބަޓަރ/މާޖިރިން/ތެޔޮ

ރަހަ ލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް

ފިޔާ، މިރުސް ކޮށުމަށްފަހު ލޮނުލައިގެން މޮޑެލާށެވެ. އެއަށްފަހު މަސް ވެސް އަޅައިގެން އެއްކޮށްލާށެވެ. އެއަށްފަހު ޕާންފޮތިތަކުގެ ކައިރި ކަފައިލުމަށްފަހު ޕާން ފޮތި ތަކުގައި ބަޓަރ ނޫނީ މާޖިރިން އުނގުޅާށެވެ. އެއަށްފަހު މޮޑުނު މަސްގަނޑު ޕާންފޮތިތަކަށް ބަހާލުމަށްފަހު މަތީގައި ޗީޒް ފޮތި ބާއްވާފައި އަނެއްކާ ވެސް ޕާން ފޮއްޗެއް މަތީގައި ބާއްވާށެވެ. އެއަށްފަހު މުގުރި އަސޭމިރުސް އަޅައިގެން 4 ބިސް ގިރާލާށެވެ. އެއަށްފަހު ޕާން ފޮތިތައް ދެފަޅި އަށް ފަޅާލުމަށްފަހު ގިރި ބިހަށްލައި ފޯކޮށްލާށެވެ. ދެން ތަވައެއްގައި މާޖިރިން އުނގުޅުމަށްފަހު އެއަށް ސޭންޑްވިޗްލައި ދެ ފުށް ރީތިކޮށް ފިހެލާށެވެ.