އއ. މަތިވެރިން 10 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ލައިފި އެވެ.
މަތިވެރި ކައުންސިލުން ބުނީ އެރަށް މޮނިޓަރިންގެ ހާލަތަށް ލާފައިވަނީ މިއަދުގެ މެންދުރު ވަގުތެއްގައި ކަމަށެވެ.
ޕޮޒިޓިވް ކޭސްތައް ފެންމަތިވީ ބޮޑުފުޅަދޫއިން މަތިރިވެރި މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ނެގުނު 17 ސާމްޕަލްގެ ތެރެއިން ކަމަށް ވެސް ކައުންސިލުން ބުނެއެވެ.
ކައުންސިލުން ބުނީ ރަށުގަ މިހާރު ކޮންޓެކްޓްރޭސިންގެ މަސައްކަތް ދަނީ ކުރިއަށް ކަމަށާއި މިއަދު އިތުރު 250 ރެންޑަމް ސާމްޕަލެއް ނަގާނެ ކަމަށެވެ.