ބޭނުންވާ ތަކެތި

1 މޭޒުމަތީ ސަމުސާ އަންސޯލްޓެޑް ބަޓަރ/މާޖިރިން

1 ޖޯޑް ފުށް

2/1 ޖޯޑް ހަކުރު

1 ސައިސަމުސާ ވެނީލާ އެސެންސް

2 މޭޒުމަތީ ސަމުސާ ހިކި ކިރު

1 ބިސް

2/1 ޖޯޑު ފެން

ކުޑަ ކުލަ ކޮޅެއް

ތައްޔާރުކުރާނެ ގޮތް

ހަކުރާއި ބަޓަރ ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ބިސް އެއްކުރާށެވެ. ދެން ފުށާއި ކިރު އެއްކޮށްލާށެވެ. އެއަށްފަހު އެސެންސާއި ބޭކިން ޕައުޑަރ ފެން އަޅާ އެއްކޮށްލާށެވެ. ދެން ތަވައެއްގައި ބަޓަރ އުގުޅުމަށްފަހު ފޮޅި ފިހެލާށެވެ. ފޮޅި ފިހޭ އިރު ސަމުސަލަކުން ތަވަޔަށް ފުށް އެޅުމަށްފަހު ތުނިކޮށް ފަތުރާލަންވާނެއެއެވެ. އެއަށްފަހު ކުދި ބޮކިޖަހަން ފެށުމުން ދޭފަތަކުން ފޮޅި އޮޅާލާށެވެ. އެއްކޮށް އޮޅާލުމުން ފޮޅި އޮންނާނީ ރީތިކޮށް ފިހެވިފައެވެ.